ރަށްރަށުގައި އިންދަން އިންޑިއާއިން ރުއް ގެނެސްފި

DSCN1654.jpg

ރަށްރަށުގައި އިންދުމަށް އިންޑިއާގެ ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފި ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ރުއްތައް މިވަގުތު ހުރީ ހދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުގައި ކަމަށެވެ. އަދި ރަށްރަށްށް ރުއްތައް ފޮނުވާނީ އެތަނުގައި ބަހައްޓައިގެން ރުއްތައް މުޑުވަށް ކުރުމަށް ފަހުއެވެ.

“މިހާރު އެ ރުއްތައް ކަރަންޓީނު ކުރެވިފަ އެވަނީ. ކަރަންޓީނުގަ ބަހައްޓައިގެން މުޑުވައް ކުރުމަށް ފަހު ރަށްތަކަށް ފޮނުވާނީ،” އޭނާ ވިދާޅުވިއެވެ.

މިހެން މިކަން ކުރަނީ ފެތުރިދާނެ ބައްޔަކުން ރުއްތައް ސަލާމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ރުއްތައް ބެހުމުގެ ކުރިން ރުއް އިންދުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދެން ހުޅުވާލާނެއެވެ.

މިދިޔަ އަހަރު ވެސް ކެރެލާއިން ރާއްޖެއަށް 1500އެއްހާ ރުއް ގެނައެވެ. އަދި އެ ރުއްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވާފައެވެ.

ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި ކާށި ލިބުން ވެސް މިހާރު ވަނީ ދަތިވެފައެވެ. ކުރިން ބާޒާރުގައި ހަތަރު ރުފިޔާއަށް ވިއްކަމުން އައި ކުޑަ ކާއްޓާއި އަށް ރުފިޔާއަށް ވިއްކަމުން އައި ބޮޑު ކާށީގެ އަގު ބޮޑުވެއްޖެއެވެ. މިހާރު މާލޭގެ ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top