ރައްޔިތުންގެ އަޑު: މުހައްމަދު އަލީ މިސްކިތުގެ މަސައްކަތް ނުނިމި ލަސްވަނި ކީއްވެގެންތޯ؟

viber_image_2023-04-03_14-14-25-244.jpg

މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ 2021 ވަނަ އަހަރު ، އޭދަފުށީ، ޑޭޒީވިލާ މުހައްމަދު އަލީގެ ހަނދާނުގައި އިމާރާތް ކުރަން ފެށުނު މިސްކިތުގެ މަސައްކަތާބެހޭ ގޮތުންނެވެ. ސުވާލަކީ މި މިސްކިތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންގޮސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އަދި އެތަނުގެ މަސައްކަތުގައި އުޅުނު މީހުން މިހާރު މަސައްކަތް ކުރަމުންދާތަން ފެންނަނީ އޭދަފުށީގައި އިމާރާތްކުރާ ފެރީ ޓާމިނަލް ގައެވެ. މިސްކިތުގެ މަސައްކަތް ހުއްޓިފައި ނުވަތަ މެދުކެނޑިފައިވަނީ ކީއްވެގެންތޯ؟ ނުނިމި ލަސްވަނި ކީއްވެގެންތޯ؟ އަދި މިމަސައްކަތް ދެން ފެށޭނީ ކިހާ ހިސާބެއްގައިތޯ؟ ދިމާވާ މައްސަލައަކީ ކޮބައިތޯ؟

އޭދަފުށީ ކައުންސިލުގެ ޖަވާބު

ކައުންސިލުގެ ނާއިބް ރައީސް އަލީ ޝަފީޤް: ތެދެއް މިސްކިތުގެ މަސައްކަތް މަޑުޖެހިފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ. މައުލޫމާތު ލިބޭ ގޮތުން ފިނިޝިންގް އަށް ބޭނުންވާ ބައެއް ތަކެތި ލިބުން ލަސްވެގެން ޑިލޭ ވަމުންދަނީ. އެމަސައްކަތް ކުރުމަށް ދިން މުއްދަތު ހަމަވެފައިވާތީ، އެފަރާތުން އެދިގެން މިއަހަރުގެ އޯގަސްޓްގެ ނިޔަލަށް މުއްދަތުވެސް އިތުރުކޮށް ދެވިފައި ވާނީ.

މުހައްމަދު އަލީ މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ނޯތު ވެސްޓް ކޮމްޕެނީ އިންނެވެ. އެކުންފުނީގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި

” ކޮންކްރީޓް މަސައްކަތާއި، ރޭނުމާއި، ޕުޓީއެޅުމުގެ މަސައްކަތް މިހާރު އެހެރީ ނިމިފައި. ދެން ހުރި މަސައްކަތަކީ ޕޮލިސް ކުރުމާއި، ފިނިޝިންގެ މަސައްކަތް. އެކަންކަމަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން މި ގެންނަނީ. އެ މަސައްކަތް އެބަދޭ ކުރިއަށް. ރާއްޖެއިން ބޭރުގައި އޮމާން އާއި ތުރުކީގައި ތައްޔާރުކުރަނީ.  ގިނަ މަސައްކަތްތަކެއް މިހާރުހުރީ އެކޮޅުގައި ނިމިފައި .ބައެއް ތަކެތި ޝިޕް ކުރުމުގެ މަސައްކަތް މި މަހުގައި ކުރާނެ. އަދި މެއި މަހު ފުރަތަމަ ޝިޕްމަންޓް ރަށަށް ގެނެވޭނެ ކަމަށް މި ބަލަނީ. މިސްކިތުގެ މަސައްކަތް ޝެޑިއުލް ކުރިގޮތަށް ކުރިޔަށް ގެންދިއުމުގައި އެންމެބޮޑު ގޮންޖެހުމަކީ ޑިޒައިންތައް ނިންމުމުގައި ދިމާވާ މައްސަލަތައް.

އެހެންވީމާ ތަކެތި ލިބުމާއެކު ވަރަށް ބާރަށް މަސައްކަތް ކުރިޔަށް ދާނެ. ޓާގެޓަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިސްކިތުން އަތް ދޫކޮށް ރަށުގެ ރައްޔިތުންނަށް ނަލަ ރީތި މިސްކިތެއް ހަވާލުކުރުން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top