ޑީއައިކަޕް 2019: މުބާރާތުގެ ގުރު ނަގައިފި. މަރުގެ ގުރޫޕްގައި ގޮއިދޫއާ، ކިހާދޫ

49479580_2201193730168626_71488029834870784_o.jpg

ދޮންފަނު އިންވިޓޭޝަން ކަޕްގެ ކުރީގެ މެޗެއްގެ ތެރެއިން. މުބާރާތުގެ ގުރުއަތުލުން ރޭވަނީ ބާއްވާފައި / ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް އެފްބީ

23 އަހަރުން ދަށަށް ހުޅުވާލައިގެން ދޮންފަނު ޒުވާނުންގެ ރޫހުން ދޮންފަނުގައި ކޮންމެ އަހަރަކު ކުރިޔަށްގެންދާ ދޮންފަނު އިންވިޓޭޝަން ކަޕް 2019 މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ދެގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގެ ގުރުއަތުލުން ނިމުނުއިރު ވާދަވެރި ގޮއިދޫއާ ކިހާދޫ ހިމެނުނީ އެއްގުރޫޕެއްގައެވެ. މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވޭ އޭގްރޫޕްގައި ގޮއިދޫއާ ކިހާދޫގެ އިތުރުން ދެން އޮތީ މާޅޮހެވެ. ކިހާދޫއަކީ 2016 ވަނަ އަހަރު މިމުބާރާތުގެ ޗެންޕިއަނެވެ. ގޮއިދޫއަކީ 2017 ވަނަ އަހަރުގެ ޗެންޕިއަނުންނެވެ. މިގްރޫޕްގައި ގޮއިދޫއާ، ކިހާދޫގެ ވާދަވެރިކަން ބޮޑުވާނީ ގްރޫޕްގެ އެއްވަނަ ހޯދުމުގައެވެ. ސަބަބަކީ ލަފާކުރުންތަކަށް ބަލާއިރު ގްރޫޕްގެ ދެވަނަ ހޯދާ ޓީމެއް ބީ ގްރޫޕްގެ އެއްވަނަ އަށް ހޮވޭނެކަމަށް ބެލެވޭ އޭދަފުއްޓާ ސެމީގައި ބައްދަލުކުރަންޖެހޭނެތީއެވެ.

މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަން އޭދަފުށި ގްރޫޕް ބީގައި ހިމެނުނު އިރު އެގްރޫޕްގައި ދެންއޮތީ ދޮންފަނާއި، ދަރަވަންދޫ އަދި ކެންދޫއެވެ. އޭދަފުއްޓަކީ މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަނުންނެވެ. ދަރަވަންދޫއަކީ 2016 ވަނަ އަހަރުގެ ރަނަރއަޕް ޓީމެވެ. އަދި ދޮންފަނަކީ މިދިޔަ ދެއަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޓީމެކެވެ. ކެންދޫ މިމުބާރާތުގައި ބައިވެރިވި މިއީ ފުރަތަމަ އަހަރެވެ.

މުބާރާތުގެ ކުޅުން 1 ޑިސެމްބަރުގައި ފަށާއިރު އެދުވަހު ދޮންފަނާ ދެކޮޅަށް ނުކުންނާނީ އޭދަފުއްޓެވެ. ގްރޫޕް ސްޓޭޖްގައި އެންމެ ފޯރި ގަދަމެޗް އޮންނާނެކަމަށް ބެލެވެނީ 3 ޑިސެމްބަރުގައެވެ. އެއީ ވާދަވެރި ގޮއިދޫއާ، ކިހާދޫ މެޗެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު