މިއަދުގެމެޗް ކާމިޔާބުކުރީ ފުޅަދޫ

DSC_0813.jpg

5 ޑިސެމްބަރ. ބ. ޗެލެންޖްކަޕްގައި ފުޅަދޫއާއި މާޅޮސް ބައްދަލުކުރި މެޗް ފޮޓޯ: އީޓީ

ބ.އަތޮޅު ޗެލެންޖްކަޕްގެ މިއަދު ކުޅެވުނު ފުޅަދޫއާ މާޅޮސް ބައްދަލުކުރިމެޗް ހީކުރިގޮތާ ޚިލާފަށް ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައިވަނީ 4 -0 ގެ ނަތީޖާއާއެކު ފުޅަދޫއެވެ.

މެޗްގެ ފުރަތަމަ ލަނޑު ފުޅަދޫއަށް ޖަހާދީފައިވަނީ އެޓީމުގެ އަބްދުއްސަލާމުއެވެ. ހަތަރުވަނަ މިނިޓްގައި ސަލާމު ޖެހި މި ލަނޑާއެކު ފުޅަދޫ ޓީމްގެ ކުޅުން އިތުރަށް ރަނގަޅުކުރުމުގެ ނަތީޖާއަކަށްވީ 26ވަނަ މިނިޓްގައި އިތުރު ލަނޑެއް އަބްދުﷲނަސީރު ޓީމަށް ހޯދައިދިނުމެވެ.

ދެވަނަ ހާފްގައިވެސް ފުޅަދޫގެ ދިފާއު ފޫއަޅުވާލާފައި މާޅޮސް ޓީމަށް ފުޅަދޫގެ ގޯލަށް ހަމަލާއެއް ދެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފުޅަދޫ މޮޅަށް ކުޅެގެން 85ވަނަ މިނިޓްގައި އަބްއްސަލާމު އަނެއްކާވެސް އިތުރު ލަނޑެއް ޖަހައި ނަތީޖާ ބަދަލު ކޮށްލިއެވެ. ހަތަރުވަނަ ލަނޑު ޖަހައިދިނީ މެޗް ނިމެން އުޅެނިކޮށް އެޓީމުގެ އަހްމަދު ފާރިސް އެވެ.

މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުޅަދޫ ޓީމަށް ދެލަނޑު ކާމިޔާބު ކޮށްދިން އަބްދުއްސަލާމުއެވެ.

މި މުބާރާތުގައި މާދަމާ ދެމެޗްކުޅެން ހަމަޖެހިފައިވެއެވެ. އެއީމެންދުރު 1:30 ގައި އޮންނަ ކުޑަރިކިލާއި ފެހެންދޫގެ މެޗާއި 3:50 ގައި އޮންނަ އޭދަފުއްޓާއި ދަރަވަންދޫގެ މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top