ވިއްސާރަވުމުން މެޗްގެ ވަކިހިސާބަކުން ކުޅުން ހުއްޓާލައިފި

Dhuvaafaru.jpg

ދުވާފަރު ޓީމް

ޒޯން 3ގެ ދެވަނަ މެޗްގައި މިއަދު ހިންނަވަރާއި ދުވާފަރު ބައްދަލުކުރިމެޗް ހިންނަވަރު ދެ ލަނޑު ޖެހިފަހުން 26 ވަނަ މިނިޓްގައި ވިއްސާރަވެ އިތުރަށް ކުޅުން ކުރިއަށްނުގެންދެވިގެން ހުއްޓާލިކަން އީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ހިންނަވަރުގައި މިއަދު ކުޅެވުނު މި މެޗް ފެށިއިރުވެސް ވާރޭވެހޭކަމަށާ އެސަބަބަށްޓަކާ މެޗް ކުޅެން އުނދަގޫ ވާނެކަމަށް ދުވާފަރު ޓީމުން ބުނަމުންގެންދިޔައެވެ. އެހެންނަމަވެސް ރެފްރީ ނިންމީ ކުޅުން ކުރިއަށް ގެންދިއުމަށްކަމަށް ވާތީވެ ދެޓީމްވެސް ކުޅެމުން ދިޔައީއެވެ. ވާރޭ ވެހުމުގެ ސަބަބުން މެޗް އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް ރެފްރީ ނިންމީ 25ވަރަކަށް މިނިޓް ކުޅުނުފަހުންނެވެ.

މި މެޗް އަލުން ކުޅޭނެ ދުވަހެއް އެފްއޭއެމް އަކުން އަދި ނުނިންމައެވެ.

މި މުބާރާތުގައި ދެން އެންމެއަވަހަށް މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި މެޗްގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ދުވާފަރާއި ހިންނަވަރެވެ. މި މެޗްކުޅޭނީ ދުވާފަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top