ހަށިހެޔޮ ރާއްޖެ ޕްރޮގްރާމްގެ ދެވަނަ ރީޖަން، އޭދަފުށީގައި އިފްތިތާހު ކޮށްފި

ލކކލ.jpeg

ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު ޢަބްދުﷲ ރާފިޢު

އޭދަފުށީގައި މިއަދު ހެނދުނު، ހަށިހެޔޮ ރާއްޖެ ޕްރޮގްރާމްގެ ދެވަނަ ރީޖަން، މިއަދު ހެނދުނު އިފުތިތާހު ކޮށްދެއްވައިފި އެވެ.

މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އެވެ.

މި ޕްރޮގްރާމްގައި ނ، ރ، ބ އަދި ޅ. އަތޮޅުގެ ސްޕޯޓްސް ކައުންސެލަރުން ހިމެނޭ ގޮތަށް 60 ބައިވެރިން ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ހަށިގަނޑުގެ ހަރަކާތްތެރިކަމުގެ ތެރެއިން މުޖުތަމައުގެ ދުޅަހެޔޮކަމާއި ސިއްހީ ރަނގަޅު އާދަތައް ކުރިއެރުވުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ސިއްހީ ދުޅަހެޔޮކަމާއި ފިޓްނަސް އިސްނެގުންތަކުގެ ތެރެއިން މުޖުތަމަޢުތައް ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ބައިވެރިންގެ ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި ޕްރޮގްރާމްތައް ހިންގައި، ހެޔޮ ބަދަލު ގެނައުމުގެ ލީޑަރުންނަށް ވުމަށް ބައިވެރިންނަށް ހިތްވަރު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top