ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑުބައި ހިއްސާ ކުރަނީ ބިދޭސީން!

1513955143.jpg

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑުބައި ހިއްސާ ކުރަނީ ބިދޭސީންކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އިއްޔެ ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ 579،330 މީހުންގެ ތެރެއިން 258،923 މީހުންނަކީ ޒުވާނުންނެވެ. އެއީ އާބާދީގެ 45 އިންސައްތަ އެވެ. އެކަމަކު ޒުވާނުންގެ އާބާދީގެ 53 އިންސައްަތައަކި ބިދޭސީންނެވެ.

ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. ނަމަވެސް އެހެނިހެން ގައުމުތަކުގައި 15 އަހަރުން މަތީގެ މީހުން ޒުވާނުންގެ ގޮތުގައި ބަލައެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް އިއްޔެ ފާހަގަކޮށްފައި ވާއިރު، މި އަހަރުގެ ޝިއާރަކީ “ޖީލްތަކުގެ މެދުގައި އެއްބައިވަންތަކަން” އެވެ.

ރައްޔިތުންގެ މަޖިލީހަށް ސެމްޓެމްބަރު 13، 2021 ގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދެއްވި މައުލޫމަތުން އެނގޭ ގޮތުގައި ރާއްޖޭގައި 281،000 ބިދޭސީން އެބައުޅެއެވެ. އޭގެ ތެރެއިން 63،754 މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ އަދި ރަނގަޅަށް ސާފު ނުވާ ހިސާބުތައް ހިމަނައިގެން ބަންގްލަދޭޝް މީހުންގެ އަދަދު އެއް ލައްކަ އަށް ވުރެ ގިނަ ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top