ބަޖެޓް 2018: ބ. އަތޮޅުގައި އަލަށް ފަށާ 5 ޕްރޮޖެކްޓަކަށް 17.8މިލިޔަން

IMG_20170718_165914.jpg

އޭދަފުށި މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދަނީ. އަންނަ އަހަރު ބ. އަތޮޅުގައި އާ 5 ޕްރޮޖެކްޓެއް ފެށުމަށް ވަނީ ހަމަޖެހިފައި / އީވީ ފައިލް ފޮޓޯ

ދައުލަތުގެ 2018 ވަނަ އަހަރުގެ ބަޖެޓްގައި އަންނަ އަހަރު ބ. އަތޮޅުގެ 5 ރަށެއްގައި އަލަށް ފަށާ 5 ޕްރޮޖެކްޓަކަށް 17.8 މިލިޔަން ރުފިޔާ ހިމަނައިފިއެވެ.

ޕިއެސްއައިޕީގެ ދަށުން ބ. އަތޮޅުގައި އާ 5 ޕްރޮޖެކްޓް ފަށަން ހަމަޖައްސާފައިވަނީ ބ. އޭދަފުށި، ފެހެންދޫ، ދޮންފަނު އަދި ކަމަދޫ އަދި ކުޑަރިކިލުގައެވެ.

އޭދަފުށިގައި ފެށުމަށް ހަމަޖައްސާފައިވާ އާ ޕްރޮޖެކްޓަކަށް ހިމަނާފައިވަނީ މިއަހަރުގެ ބަޖެޓްގައިވެސް ހިމަނާފައިވާ، އެހެންނަމަވެސް އެމަސައްކަތް ނުފެށިވާ، 100 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތެވެ. މިމަސައްކަތަށް ޕީއެސްއައިޕީ ގެ ތެރެއިން 14.6 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވެއެވެ.

އޭދަފުށިގެ މިޕްރޮޖެކްޓްގެ އިތުރުން ދެން އެންމެބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ދޮންފަނުގެ ފުޓްސަލްދަނޑު ގާއިމްކުރުމުގެ މަސައްކަތަށެވެ. އެގޮތުން އެޕްރޮޖެކްޓަށް 1.5 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ބ. ފެހެންދޫގައި އަލަށް ސިއްހީ މަރުކަޒެއް ގާއިމްކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. ބ. އަތޮޅުގައި އަލަށް ފަށާ ޕްރޮޖެކްޓްތަކުގެ ތެރެއިން 3 ވަނައަށް އެންމެ ބޮޑު ބަޖެޓެއް ހަމަޖައްސާފައިވަނީ މިޕްރޮޖެކްޓަށެވެ. އެއީ 1.1 މިލިޔަން ރުފިޔާއެވެ.

މީގެއިތުރުން ހިމެނޭ 2 ޕްރޮޖެކްޓަކީ ކަމަދޫގައި ކުނިކޮއްޓެއް އެޅުމާއި، ކުޑަރިކިލުގައި ހިނަވާގެއެއް އެޅުމުގެ ޕްރޮޖެކްޓެވެ. މީގެތެރެއިން ކަމަދޫ ކުނިކޮއްޓަށް ބައިމިލިޔަން އަދި ކުޑަރިކިލު ހިނަވާގެ އެޅުމަށް 13200ރ ކަނޑައަޅާފައިވެއެވެ.

މި 5 ޕްރޮޖެކްޓްގެ އިތުރުން ބ. އަތޮޅުގައި މިވަގުތު ހިނގަމުންދާ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށްވެސް ބަޖެޓްގައި ފައިސާ ހިމަނާފައިވެއެވެ. އޭގެތެރޭގައި އޭދަފުށީގެ މަގު ހެދުމުގެ ޕްރޮޖެކްޓާއި، ސްޕޯޓްސް އެރީނާ ތަރައްޤީކުރުން އަދި ތުޅާދޫގެ ފެނާއި، ނަރުދަމާ އަދި ބަނދަރުގެ މަޝްރޫއާއި، ކިހާދުއާ، ދޮންފަނުގައި އިމާރާތް ކުރަމުންދާ މިސްކިތްވެސް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top