ފޮތްދަބަހުގެ ޒަމާން ނިމެނީ. ސްކޫލްތަކަށް ފޮތްދަބަހުގެ ބަދަލުގައި ދެން ގެންދާނީ ޓެބްލެޓެއް

14463281_1552002554826289_2955585853896594664_n-1.jpg

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާކުދިންނަށް އަންނަ އަހަރު ޓެކްސްޓް ފޮތުގެ ބަދަލުގައި ޓެބްލެޓް ދޭން ސަރުކާރުން ނިންމަވައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓް ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރ އަހްމަދުމުނައްވަރު މިއަދު ވިދާޅުވީ ސްކޫލްކުދިން ގެންދާ ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދޭން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމުގައެވެ.

ތައުލީމަށް އަންނާނެ ކުރިއެރުމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ އަންނަ އަހަރަކީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ އަހަރަކަށްވާނެ ކަމަށާއި ރާއްޖޭގެ ހުރި ސްކޫލް ޓިޖިޓަލް ކުރުމުގެ މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަމަށެވެ.

“ހުރިހާ ސްކޫލްތަކެއް ޑިޓިޖަލައިޒް ކުރުމުގެ މަޝްރޫއާއި، އާ މުޤައްރަރު ތަންފީޒް ކުރަން ނިންމައި، މި ކަމަށް 254 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ. ސްކޫލް ޑިޓިލައިޒޭޝަން މަޝްރޫއާއެކު ޓެކްނޮލޮޖީއިން ކިޔައިވޭނެ ގޮތްތަށް ފުރިހަމަ ކުރެވޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ކިޔަވައި ދިނުމާއި ހޯމްވޯކް ދިނުމާއި ކްލާހުގައި ކުދިންގެ ފެންވަރު ބެލުމަށް އެއްހަމައެއްގައި ގެނެސްދެވޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ޓެކްސް ފޮތްތައް ޗާޕްކުރުމަށް ހިނގާ ޚަރަދުވެސް މެދު ރާސްތާގައި ކުޑަވެގެންދާނެ ކަމުގައެވެ.

އަންނަ އަހަރު ސަރުކާރުގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރަން ނިންމާފައި ވާއިރު މިހާރު ވެސް ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ގިނަ ކްލާސް ރޫމްތައް ހުންނަނީ ޑިޖިޓަލް ކޮށްފައެވެ. މި ކްލާސް ރޫމްތައް ޑިޖިޓަލް ކޮށްފައި ވަނީ ހެޔޮއެދޭ ފަރާތްތަކާއި ބެލެނިވެރިންގެ އެހީތެރިކަމާއެކުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top