ތުޅާދޫގައި އަޅާ އެއާޕޯޓަށް ޕްރޮޕޯސަލް ހުށައަޅަން އަނެއްކާވެސް ހުޅުވާލައިފި

big_7g181AwqIXi4TqfgxJDWzJ2j1-800x450-800x450.jpg

ތުޅާދޫ

ބ.ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް ޕްލޭނިނ މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ތުޅާދޫ ހިމެނޭގޮތަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގައިވެސް އިއުލާނު ކުރިއެވެ. އެއާޕޯޓަކަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއް ކަމަށް ބުނެފައި އޮތީ ފަސް މިލިއަން ޑޮލަރެވެ. ނަމަވެސް އިންވެސްޓަރުން ނުލިބިގެން އަލުން އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަހަރު ފެބްރުވަރީ މަހު ތިން މިލިއަން ޑޮލަރަށް އަގު ހެޔޮކޮށް އަލުން އިއުލާނު ކުރި އެވެ.

ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި ތުޅާދޫ އެއާޕޯޓަށް ކަނޑައަޅާފައިވަނީ 21.9 މިލިއަން ޑޮލަރެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، “ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު”ގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދައުވަތު ހުޅުވާލާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގައާއި ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އިކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައި ދެވޭނޭ ކަމަށެވެ.

ތުޅާދޫގައި އެއާޕޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ވެސް ތުޅާދޫ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީން އެންމެ ކުރިއަށް ނެރުނީ އެ ވައުދެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top