ފީފާ ވޯލްޑްކަޕް 2022 ގެ ރަސްމީ ލަވަ ބަލައިފިންތަ؟

maxresdefault-2.jpg

މިއަހަރު ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑްކަޕްގެ ރަސްމީ ސައުންޑްޓްރެކް ނުވަތަ ތީމް ލަވަ ބަލައިފިން ހެއްޔެވެ. އެލަވަ މިހާރުވަނީ ލޯންޗް ކޮށްފި އެވެ.

މިލަވަ މިއަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ލޯންޗް ކުރި ނަމަވެސް އެކަން އޮތީ ގިނަ ބަޔަކަށް ނޭނގި އެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުންތެރިންނަށާއި ގައުމުތަކަށް ދޭ ސަމާލުކަމާ އެއްވަރަށް ވޯލްޑް ކަޕްގެ އޮފިޝަލް ލަވައަށްވެސް އިސްކަން ދެއެވެ. އެގޮތުން 2014 ވަނަ އަހަރު ޝަކީރާގެ ވައްކާ ވައްކާ ލަވައާއި އާއި ވޭވިންގ ފްލޭގް އަކީ އޭރު މުޅި ދުނިޔޭގައިވެސް އެންމެ ހިނގި ލަވަތަކެވެ.

މިފަހަރުގެ ވޯކްޑްކަޕް ލަވައިގެ ނަމަކީ ”ހަޔާ ހަޔާ“ އެވެ. ލަވަ ކިޔާފައިވަނީ އެމެރިކާއަށް އުފަން ޓްރިނިޑާޑް ކާޑޯނާ އާއި ޑޭވިޑޯ ގެ އިތުރުން ގަތަރުގެ ލަވަކިޔުންތެރިޔާ އައިޝާ އެވެ.

”ހަޔާ ހަޔާ“ ލަވަ މިހާރު ވަނީ 16 މިލިއަން މީހުން ޔޫޓިއުބުން ބަލާފައެވެ. އަރަބި ރާގެއްގެ އަސަރު ހުރި މިލަވަ، އަރިބި ގައުމު ތަކުގައި ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ.

ވޯލްޑް ކަޕާއި ގުޅިގެން އިތުރު ލަވައެއް ނެރުމަށް މަޝްހޫރޫ ބީޓީއެސް އިން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top