“3 ލައްކަ ރުފިޔާގެ އަގުހުރި” ފުޓްބޯޅަ މުބާރާތެއް އޭދަފުށީގައި ފަށައިފި

DSC_0738.jpg

ފްރެންޑްލީ ޔޫތު ކަޕް ފައްޓަވައިދެއްވުމުގެ ގޮތުން ކައުންސިލްގެ ރައީސް ތޮލާލް ކުޅުންތެރިންނާ ސަލާމް ކޮށްލައްވަނީ / ފޮޓޯ: ސައިނޯސާ ރާއީ

އޭދަފުށީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ގޮތުގައި މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.

7 ޓީމެއް ވާދަކުރާ މިމުބާރާތަކީ ފަހަކަށް އައިސް އަޟްހާ އީދާ ދިމާކޮށް ބާއްވަމުން އަންނަ ފްރެންޑްލީ ޔޫތުކަޕެވެ. މިމުބާރާތް ހިންގާ އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ މިއަހަރުގެ މުބާރާތުގެ ޖުމްލަ އަގު ތިންލައްކަ ރުފިޔާއާ އެއްވަރުވާނޭކަމަށެވެ. މުބާރާތުގެ ބާނީ އަދި އޭދަފުށީ ފުޓްބޯޅަ ޓީމްގެ ކޯޗު (ބައްޓޭ) ބުނީ މިދިޔަ އަހަރު ޗެންޕިއަން ޓީމަށް 60000ރ ދިން މިމުބާރާތުގެ މިއަހަރުގެ ޗެންޕިއަން ޓީމަށް އެއަށްވުރެ ބޮޑު ފައިސާގެ އިނާމެއް ދޭނެކަަމަށެވެ. ނަމަވެސް ދޭނީ ކިހާ އަދަދެއްކަމެއް އޭނާ ނުބުންޏެވެ. އޭނާ ބުނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ބެންކޮކް މާލެ ދެކޮޅު ޓިކެޓްވެސް ދޭންނިންމާފައިވާ ކަމަށެވެ.

“ތިންލައްކަ ރުފިޔާގެ އަގުހުރި މުބާރާތެއް މުބާރާތަކީ، ޗެންޕިއަންއަށް 60000ރ އަށްވުރެ ބޮޑު ފައިސާގެ އިނާމެއް ދޭނަން. ރަނަރއަޕް އަށް ފަންސަވީސް ހާސް މިދިޔަ އަހަރު ދިނީ. މިއަހަރު އެވެސް ބޮޑުވާނެ. ހުރިހާ ކަމަކަށް ބެލީމަ 3 ލައްކަ ހަރަދުވެގެން ދާނެ” ބައްޓޭ ބުންޏެވެ.

މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރީ އެންޖޯއީ ފްރެންޑްސް އާއި، ޔުނައިޓެޑް ވީ އެވެ. މިމެޗް 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ވީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޔުނައިޓެޑް ވީގެ އަނޫސް މުހައްމަދު އަށެވެ.

މިއަދުގެ މެޗްގެ ތެރެއިން / ފޮޓޯ: ސައިނޯސާ ރަޢި

މި މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެ އެވެ. ހެނދުނު ކުޅޭ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އެމްއޭ ޔުނައިޓެޑާ ބައްދަލުކުރާނީ ސައިނޯސާ އެފްސީ އެވެ. މެޗު ފަށާނީ 7:00 ގަ އެވެ. ހަވީރު ކުޅޭ މެޗުގައި ޑައުންޓައުން އާއި ދެކޮޅަށް ނުކުންނާނީ ހުސްސޮގުން ޓީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top