އެމްޕީ. ސަލީމް ރައީސް ޔާމީންއަށް ވަރަށްބޮޑަށް ތައުރީފް ކުރައްވައިފި

medium_104884-1.jpg

ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާ އޭދަފުށި ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ މެންބަރު، އަހްމަދު ސަލީމް ރޭ ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވައިފިއެވެ.

ޕީޕީއެމް އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ ކެމްޕޭން ޖަލްސާތަކުގެ ތެރެއިން “ރުމާލު 2” ޖަގަހައިގައި ރޭ ވާހަކަ ދެއްކަވަމުން ސަލީމް ވިދާޅުވީ ބަޔަކު ރައީސް ޔާމީނާމެދު ހަސަދަވެރިވެގެން އުޅެނީ އެމަނިކުފާނު ގައުމަށް ގެނެސްދެމުންދާ ތަރައްގީފެނިފައިކަމުގަެވެ.

އާއްމުކޮށް އެކި ޖަލްސާތަކުގައި އިސްލާމީ ތާރީޚުން މިސާލު ނަންގަވަމުން ވާހަކަ ދައްކަވަމުން ގެންދަވާ ސަލީމް ، ރޭގެ ވާހަކަ ވެސް ކުރިއަށް ގެންދެވީ އެފަދަ މިސާލުތައް ދައްކަވަމުންނެވެ.

“ހަސަދަވެރިކަމާއި ބޮޑާކަން އަދި އަމިއްލަ އެދުން އިސްކުރުމަކީ ނުބައި ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަން. ގައުމަށް ކުރިމަތިވެގެން މިއުޅެނީ ހަސަވެރިކަމާއި އަމިއްލަ އެދުން އިސްކުރުމުގެ މައްސަލަ. ” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީނަށް ތައުރީފްކުރަމުންދާތީ މިދޭތެރެއިން ސޯޝަލް މީޑިއާގައި ހަޖޫ ޖަހާ ހެދި ކަމަށާއި އެކަމަކު ތައުރީފް ކުރަން ޖެހޭ ތަންތަނުގައި ތައުރީފްވެސް ކުރަން ޖެހޭނެކަމުގައެވެ.

“ހަސަދަވެރިކަމާއި ބޮޑާކަން އަދި އަމިއްލަ އެދުން އިސްކުރުމަކީ ނުބައި ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން . ގައުމަށް ކުރިމަތިވެގެން މިއުޅެނީ ހަސަދަވެރިކަމާއި އަމިއްލަ އެދުން އިސްކުރުމުގެ މައްސަލަ “އޭނާ ވިދާޅުވި އެވެ.

މި މޭރުމުން ސަލީމް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވިއިރު ފަހަކަށް އައިސް ޕީޕީއެމްގެ މިކަހަލަ ހަރަކާތްތަކުން ސަލީމް ނުފެންނަކަން ފާހަގަ ކުރެވެއެވެ.

އޭގެކުރިން ސަލީމް ވަނީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވެ ކުރީގެ ރައީސް މައުމޫނާ އެކު ވެސް މަސައްކަތް ކުރައްވާފައެވެ. އެކަމަކު ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮޅު ބަދަލުކޮށް ރައީސް ޔާމީންގެ ފަޅިއަށް އަރާވަޑައިގަތީ، ސަލީމްގެ ވިޔަފާރިއަށް ސަރުކާރުން ޕްރެޝަރ ކުރުމުން ކަމަށް އެދުވަސްވަރު މީޑިއާތަކުން ރިޕޯޓް ކުރަމުން ދިޔައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top