އަމިއްލަފަރާތަކުން އޭދަފުށީގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށަނީ

ali.jpg

“މަށަށްވެސް ރުކެއް – ބ.އޭދަފުށި”  ޝިއާރުގެ ދަށުން އޭދަފުށީގައި ރުއް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް އަމިއްލަ ފަރާތަކުން ފެށުމަށް ނިންމައިފިއެވެ.

އޭދަފުށީ ރަންގަލި އަލީ އަރީފު އިސްކޮށް ހަރަކާތްތެރިވާ މި ޕްރޮގްރާމް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު އެދުވަހު އެކަނިވެސް 200 އެއްހާ ރުއް އިންދޭނެ ކަމަށް އަލީ ލަފާކުރައްވައެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ އޭދަފުށީގެ ކޮންމެ ދަރިއަކަށް ރުކެއް އިންދުން. އިރާދަކުރެއްވިއްޔާ މި ކަން ކާމިޔާބު ވާނެ. ” އަލީ ވިދާޅުވިއެވެ.

ޕްރޮގްރާމްގެ އިތުރު ތަފްސީލް ދެމުން އަލީ ވިދާޅުވީ މިއީ އޭދަފުށީގެ ދަރިންތަކެއްގެ އިސް ނެގުމުގެ މަތިން ކުރާ ކަމެއް ކަމަށާއި މި ޕްރޮގްރާމް ކާމިޔާބު ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމާމެދު ޝައްކެއް ނުކުރާ ކަމުގައެވެ. އެގޮތުން ކޮންމެ ރައްޔިތަކަށް ރުކެއް އިންދުމަށް އަމާޒު ހިފާފައިވާއިރު އެއް އަހަރު ދުވަހުގެ ތެރޭގައި  ތިންހާހަށްވުރެ ގިނަ ރުއް އިންދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

ރާއްޖޭގެ އާބާދީ އިތުރުވުމާއި ތަރައްގީގެ ގަދަ އޮއިވަރުގެ ސަބަބުން ރަށްރަށުގެ ހުސްބިންތަކާއި ވަލުތެރެއިން ގިނަ އަދަދެއްގެ ރުއް ކަނޑަން ޖެހުމުގެ ސަބަބުން ރުއް މަދުވެ ދިވެހީންގެ ކެއުމުގެ ލޭނާރުގެ ގޮތުގައި ބެލެވޭ ކާށީގެއަގު މިހާރުވަނީ  އިންތިހާއަށް އަރައިގެން ގޮސްފައެވެ. ހަމައެއާއެކު ރާއްޖޭގެ ރަށްރަށުގެ ރީރިމަލައިގެ ފެހިކަން ވެސް މިހާރުވަނީ މުޅިން ގެއްލިފައެވެ.

އެހެންކަމުން މިއަދުގެ ކުޑަކުދިންނަށާއި އަންނަނިވި ޖީލަށް ރައްދުކޮށްދެވޭނެ އެންމެ އަގުހުރި ތަރިކައަކީ ރަށްރަށުގެ ހުސް ބިންތަކުގައި ރުކާއި ގަސް އިންދުން ކަމަށްވާއިރު އޭދަފުށީގެ މި އިސްނެގުން އެހެން ރަށްރަށުންވެސް ބަލައިގަނެ ރުއް ހެއްދުމުގެ ފޯރި އިތުރުވާނެކަމަށް އުއްމީދުކުރާކަމަށް އަލީ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top