ދިހަހާހަށްވުރެ ގިނަ ރުފިޔާއާއެކު މާޅޮހު ފަންޑުފޮށި ވަގަށްނަގައިފި

ވަގަށްނެގި ފަންޑުފޮށި ވަލުތެރެއަށް އެއްލާލާފައި / ފޮޓޯ: ސަން ޑޮޓް އެމްވީ

ވަގަށްނެގި ފަންޑުފޮށިފަޅުގޯއްޗަކަށް އެއްލާލާފައި / ފޮޓޯ: ސަން ޑޮޓް އެމްވީ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ބ. މާޅޮހުގައި ބަހަށްޓާފައިހުރި ފަންޑު ފޮށި ވަގަށް ނަގައިފި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު މިއަދު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް އެ ރަށު މިސްކިތުގައި ބަހަށްޓާފައިހުރި ފަންޑު ފޮށި ވަގަށް ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއ ވަގަށް ނެގި ފަންޑު ފޮށި މިސްކިތް ކައިރީގައި ހުންނަ ފަޅު ގޯއްޗެއްގެ ތެރޭގައި އެއްލާލައޮފަ އޮއްވާ މިއަދު ފެނިފައިވާ ކަމަށެވެ.

“މީގެ ކުރިން ވެސް އެހީ ހޯދަން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ފަންޑު ފޮށި ބަހަށްޓަނީ މިސްކިތުގައި. އަދި ދުވަހަކުވެސް އެގޮތަށް ބަހައްޓާ އެއްޗެއް ވަގަށް ނަގާފައެއް ނެތް،” ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަންޑު ފޮށި ވަގަށް ނެގިއިރު އެއަށް 10،000ރ. އަށް ވުރެ ގިނައިން ޖަމާވެފައި ހުރި ކަމަށާއި ފޮށި ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފަންޑު ފޮށި ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަން އޭދަފުށީ ފުލުހުން އެ ރަށަށް ދާއިރު ތުހުމަތުކުރެވޭ އެކަކު އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top