ކުޑަކުއްޖަކާ ބެހުނު ތުޅާދޫ މީހަކު 28 އަހަރަށް ޖަލަށް

large_147435860353HWa6.jpg

ކްރިމިނަލް ކޯޓް

ކުޑަކުއްޖަކާ ބެހުނު ބ.ތުޅާދޫ ދުންފިނިގޭ ނިޝާން އިބްރާހީމް، 28 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އެވެ.

މިއީ 2019 ވަނަ އަހަރުގެ އެކި ދުވަސް މަތިން ކުއްޖާ އުޅޭ ގެއަށް ގޮސް އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އެ ކުއްޖާގެ ގައިގައި އަތްލާފައިވާތީ ކުރި ދައުވާއެކެވެ.

ދައުލަތުން ނިޝާންގެ މައްޗަށް އުފުލި ދެ ދައުވާއަށް ވެސް އޭނާ ވަނީ ޝަރީއަތުގައި އިންކާރު ކޮށްފަ އެވެ. އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާއަށް ރިއާޔަތް ކުރުމަށްފަހު ޝަރީއަތުން ވަނީ އެކަށީގެންވާ ޝައްކެެއްނެތް މިންވަރަށް ދައުލަތުން މި ދައުވާ ސާބިތު ކޮށްދީފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

އެހެންވެ އޭނާގެ މައްޗަށް އުފުލި ކޮންމެ ދައުވާއަކަށް 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައި، ޖުމްލަ 28 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top