އިންޓަނެޓުގެ ޚިދުމަތުގެ ކުރިއަށް އޮތްތަނުގައި ހެޔޮވާނެ: ރައީސް

large_168957817530Xbi8.jpg

ރައީސް ، ވ. ރަކީދުގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ފްރާންސުން ރާއްޖެއާ ހިސާބަށް އަޅާ ސަބްމެރިން ކޭބަލް އަންނަ މަހުގެ މެދުތެރޭ ރާއްޖެއާ ހަމައަށް އައިސް ގުޅައިލެވިގެން ދާއިރު ކުރިއަށް އޮތް ތަނުގައި އިންޓަނެޓުގެ އަގު މިހާރަށްވުރެ ހެޔޮވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ވ. އަތޮޅަށް ވަޑައިގެން ރަކީދޫގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ 2018ވަނަ އަަހަރު ވީ ވައުދާ އެއްގޮތަށް އިންޓަނެޓުގެ ޚިދުމަތުގެ އަގުހެޔޮ ކުރެވިފައިވާކަމަށެވެ.

”އިރާދަކުރެއްވިއްޔާ އޯގަސްޓު މަހުގެ މެދުތެރޭ ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އެ އަަޅައި ސަބްސީ [ސަބްމެރިން] ކޭބަލް ރާއްޖެއަށް އެއްގަމު ކުރެވިގެންދާނެ“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާއެކު އިންޓަނެޓުގެ ޚިދުމަތް މިހާރަށްވުރެ އަގު ހެޔޮވާނެކަމަށެވެ.

ރަކީދޫގައި ހުންނަވައި އެ މަނިކުފާނު ވިދާޅުވީ މިއީ ރަކީދޫފަދަ ވަކިން އޮންނަ ކުދިކުދި ރަށްރަށަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

“މި ގޮތަށް އަޅުގަނޑުމެން ކުރަން ނިންމައިފައިހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މި ދަނީ ބަރާބަރަށް ކުރަމުން،” ކޮވިޑާހެދި ގޮންޖެހުންތަކާ ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް ޞާލިޙު 2018ވަނަ އަހަރު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން “ނެޓް ހެޔޮ” ސިޔާސަތު ތަންފީޒު ކުރާނެކަން 2021 ވަނަ އަހަރުގެ މޭ މަހު އިއުލާންކޮށް، އެ ސިޔާސަތުގެ ދަށުން ގޭގެއަށް ދޭ އިންޓަނެޓުގެ އަަގު 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top