ޖަޕާނުން ހަދިޔާކުރާ ވެކްސިން މާދަމާ ލިބޭނެ

1400x-1-1.jpg

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ އެސްޓްރާޒެނެކާ ވެކްސިން މާދަމާ ލިބޭނެކަމަށް ފޮރިން މިނިސޓްރީން ބުނެފި އެވެ.

މި ވެކްސިން ޝީޕްމަންޓް ދިވެހި ސަރުކާރާއި ރަސްމީ ގޮތުން ހަވާލު ކުރުން އޮންނާނީ މާދަމާ 11 ޖަހާއިރު ފޮރިން މިނިސްޓްރީގަ އެވެ.

ޖަޕާނުން މި ހަދިޔާ ކުރާ ވެކްސިނަކީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިން ފޯރުކޮށްދޭ ވެކްސިނެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ހެލްތް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނަމަވެސް މާދަމާ ރާއްޖެ ގެންނަ ވެކްސިންއާ ބެހޭގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމަކަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާލެވޭނީ އެ 10 ގައުމުގެ މެދުގައެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިންގެ އަަދަދު އަދި ހާމައެއްނުކުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top