ނުލިބިހުރި ޓެކްސްޓް ފޮތްތައް ލިބިއްޖެ

E9NoXyEUUAUHrQ0.jpg

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރުވެސް ދަރިވަރުންނަށް ހަމަކޮށް ނުދެވުނު ޓެކްސްޓް ފޮތްތައް މިހާރު ލިބިފައިވާ ކަމަށާ ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އާ އަހަރު ފެށުނުއިރު ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ހަމަވެފައިނުވާތީ، ބެލެނިވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދަރިވަރުން ބޭނުންވާ ޓެކްސްޓް ފޮތްތަކަކީ ރާއްޖެއިން ބޭރުން ގެންނަ ފޮތްތަކަކަށް ވެފައި، ކޮވިޑް-19 ގެ ސަބަބުން އެކަމުގެ ދަތިތަކެއް ހުރިކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނީ މި މަސް ނިމުމުގެ ކުރިން ފޮތްތައް ހަވާލުކުރެވޭނެ ކަމަށެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ފޮތްތައް ހަމަނުވުމުގެ އިތުރުން ދިރާސީ އާ އަހަރު ފެށުނުއިރު، ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމަނުވާ ކަމުގެ ކަންބޮޑުވުންވެސް ބެލެނިވެރިންވަނީ ފާޅުކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top