ބ.އަތޮޅުގައި އާ ރިސޯޓެއް ހުޅުވައިފި

dramland-maldives-water-bungalow-2.jpg

ބ. ހިރުނދޫގައި ތަރައްގީކުރި “ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ” ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ފެހިކަން ގަދަ ރިސޯޓަކަށްވެފައި ހިތްގައިމު ރީތި މަންޒަރުތައް ފެންނާނެ މި ރިސޯޓަކީ އާދަޔާ ޚިލާފު އިހުސާސެއް ކުރުވައިދޭނެ ތަނެއްކަމަށް އެ ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މި ރިސޯޓުގައި ދެ ރެސްޓޯރެންޓް ހުރެފައި އެއް ރެސްޓޯރެންޓަކީ ކުޅީގެ ހިތްގައިމު މަންޒަރު ފެންނަގޮތަށް ކާން ތިބެވޭނެ ރެސްޓޯރެންޓެކެވެ. އަނެއް ރެސްޓޯރެންޓަކީ މޫދުގެ ރީތި މަންޒަރުތަކާ އެކު ހިތްގައިމު މާހައުލެއްގައި ރިސޯޓުގެ ފައިވްސްޓާރ ކެއުން ތައްޔާރުކުރާ ޝެފްގެ ކެއުންތަކަށް އިންސާފުކުރެވޭނެ ރެސްޓޯރެންޓެވެ.

މި ރިސޯޓަކީ އަންގާގިރި ރިސޯޓްސް މެނޭޖްމެންޓުން ހިންގަމުން އަންނަ ރިސޯޓެކެވެ. އެ ކުންފުންޏަކީ އަންގާގާ އައިލެންޑް ރިސޯޓްސް އާއި ސަފާރީ އައިލެންޑް ރިސޯޓް އަދި ތުޅާގިރި އައިލެންޑް ރިސޯޓު ވެސް ހިންގާ ކުންފުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top