މަގު ހެދުމުގެ މަސައްކަތް ދެމަސްދުވަހުގެ ތެރޭގައި މުޅިން ނިމޭނެ : ހައުސިންގ މިނިސްޓަރ

mrdc3.jpg

އޭދަފުށީގައި ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން / އޭދަފުށީ ވޮއިސް ފައިލް ފޮޓޯ

އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއު އަންނަ ޖޫން މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭ ޕީއެސް އެމް އިން ގެންސްދިން “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކޮށްގެން ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ މަގު ހެދުމާއި ބަނދަރު ހެދުމާއި ނަރުދަމާގެ މަސައްކަތްތައް އެމްއާރް ޑީސި އުވާލުމަށްފަހު މިހާރު ކުރަމުން އަންނަނީ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުންނެވެ.

” އަމާޒަކީ އެމްއާރްޑީސީ އިން ކުރަމުން އައި މި ފަދަ ހުރިހާ ޕްރޮޖެކްޓެއް އަންނަ ޖުލައި މަހުގެ ކުރިން ނިންމާލުން. މަސައްކަތްތައް ރެއާ ދުވާލު ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދަނީ. ” މިނިސްޓަރ ވިދާޅުވިއެވެ.

އޭދަފުށީގައި ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހަދާ 15 މަގުގެ ތެރެއިން ހޮޅިތަކާއި ޕޭމެންޓްގެ މަސައްކަތުގެ ބޮޑު ބައި ނިމި މިހާރު ކުރިއަށް ދަނީ ޕޭމެންޓްގައި ގާ އެތުރުމުގެ މަސައްކަތެވެ.

މި މަސައްކަތް އެމްއާރްޑީސީއާ ހަވާލު ކޮށްފައިވަނީ 15 ޖޫން 2015 ގައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލު ކުރި މިމަސައްކަތުގެ އަގަކީ 33 މިލިއަން ރުފިޔާއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top