އޮލިމްޕިކް ކޮމިޓީގެ ވަފްދު ގޮއިދޫގައި. ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް

1-1024x682.jpg

އޮލިމްޕިކް ކޮމެޓީގެ ވަފުދުގެ ބޭފުޅުން ގޮއިދޫގައި .ރައްޔިތުންވަނީ ހޫނު މަރުހަބާއެއް ކިޔާފައި - ފޮޓޯ : އޮލިމްޕިކް ކޮމެޓީ.

ބ. ގޮއިދޫގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުމަށް އޮލިމްޕިކް ކޮމިޓީގެ ވަފްދު މިއަދު ގޮއިދޫއަށް ވަޑައިގެންފި އެވެ.

މި ވަފްދުގެ ބޭފުޅުންނަށް ގޮއިދޫ ރައްޔިތުން ވަނީ ވަރަށް ހޫނު މަރްހަބާއެއް ކިޔާފައެވެ. ހަމައެއާއެކު މި ރަސްމިއްޔާތަށް ގޮއިދޫ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައިވެސް މެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ އިދާރީ އެންމެ ބޮޑު ބައްދަލުވުން ބ.ގޮއިދޫގައި ބޭއްވުމަށް އޮލިމްޕިކް ކޮމިޓީގެ
އެޒްކެޓިވް ކޮމިޓީން ނިންމީ އެރަށަކީ މިހާރު ރާއްޖޭގައި ކުޅިވަރުގެ ހަމަ ނަމޫނާ ރަށަކަށްވާތީ ކަމަށް ކުރިން  އެކޮމެޓީން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހިމަނަން ނިންމާފައިވާ ކައިޓް ސާފިންގެ ހަރަކާތްތައް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރިއަށް ގެންދަނީ ގޮއިދޫގަ އެވެ. އެ ރަށުގެ ކުދިން އަންނަނީ އެ ކުޅިވަރުގައި ތަފާތު ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ދައްކަމުންނެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަނާއި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top