ރިސޯޓު މުބާރާތުގެ ފުރަތަމަ މެޗް، އަމިއްލަފުށި ކާމިޔާބު ކޮށްފި

viber_image_2019-07-29_11-55-59-1.jpg

މެޗްގެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވުން

ބއަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އަމިއްލަ ފުށި ކާމިޔާބު ކޮށްފިއެެވ. އަމިއްލަފުށި މެޗު ކާމިޔާބު ކޮށްފައިވަނި 0-2 ގެ ނަތީޖާއިން އެންމެ ފަހުގެ ޗެމްޕިއަން ފިނޮޅު ރިސޯޓު ބަލި ކުރުމަށްފަހުުއެވެ.

އިއްޔެގެ މެޗުގައި އަމިއްލަފުށިން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި އަހްމަދު މަމްދޫހެވެ. ދެވަނަ ލަނޑު އަބްދުލް ސަމީއު ޚަލީލު ޓިމަށް ކާމިޔާބު ކޮށްދިނީ އޭގެ އިރުކޮޅެއްގެ ފަހުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވިފައިވަނީ އަމިއްލަފުށީގެ ހަސަން ފައިސަލެވެ.

އޭދަފުށީ ޓާފު ދަނޑުގައި ކުޅޭ މި މުބާރާތުގެ މިއަހަރު ހަ ރިސޯޓުން ވާދަކުރެއެވެ. ގްރޫޕް އޭ ގައި ހިމެނެނީ އަމިއްލަފުށި، ފިނޮޅު އަދި އަނަންތަރާ ކިހަވައް ވިލާސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ރޯޔަލް އައިލެންޑް، ޑުސިޓް ތާނީ މޯލްޑިވްސް އަދި ސޮނެވާފުށި ރިސޯޓެވެ.

މި މުބާރާތުގެ މިއަދުގެ މެޗުގައި ވާދަކުރާނީ ގްރޫޕު ބީ ގެ ރޯޔަލް އައިލެންޑް އާއި ޑުސިތު ތާނީ އެވެ. މެޗު ފަށާނީ ހަވީރު 4:15 ގައެވެ.

ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތަކީ 2013 ވަނަ އަހަރު އޭދަފުށީ ކޮމްބިނޭޝަން ކަލްބް (ސީސީ) އިން ތައާރަފުކުރި މުބާރާތެކެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އައީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ. މިއަހަރު މި މުބާރާތް ކުރިއަށް ގެންދަނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top