”ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2021“ ފަށަނީ

DSCN8460.jpg

އޭދަފުށީގައި އޮތް މުބާރާތެއްގައި ދަރަވަންދުއާއި ކެންދޫ ވާދަކުރި މެޗެއްގެ ތެރެއިން -- އީވީ ފައިލްފޮޓޯ

”ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2021“ ގެ ނަމުގައި އަންނަ ޖުލައި މަހު ފުޓްސަލް މުބާރާތެއް ފެށުމަށް ދަރަވަންދޫ ކައުންސިލުން ނިންމައިފި އެވެ.

މި ފުޓްސެލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެެވެ.

މި ފިއެސްޓާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައިމަހު 20ވަނަ ދުވަހުެވެ.

މި ފިއެސްޓާގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދަރަވަންދޫގެ ޓީމުތަކަށް ކަމަށާއި ކޮންމެ މުބާރާތެއްގައި ބައިވެރި ކުރެވޭނީ ވަކި ޓީމެއް ކަމަށް ވެސް މިކަމާ ގުޅިގެން ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެއެވެ.

މި ފިއެސްޓާގައި ބައިވެރިވާން އެދޭ ޓީމުތަކުން މި ޖޫން މަހުގެ 29 ވާ އަންގާރަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ.

ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި ޓީމު ލިސްޓު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ދަރަވަންދޫ ކައުންސިލު އިދާރާއިން ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top