ކްލަބް އޭދަފުށިން ހިންގާ ގްރާސްރޫޓް ޕްރޮގްރާމްގެ އޯޕަން ޑޭ ބާއްވައިފި

DSC_7943-1536x1024.jpg

އޭދަފުށީ ކައުންސިލްގެ ކްލަބް އޭދަފުށިން، އުމުރުން 6 އަހަރާއި 12 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގަން ނިންމާފައިވާ ގްރާސްރޫޓް ތަމްރީނުތައް ފެށުމުގެ ގޮތުން އިއްޔެ އޯޕަން ޑޭ ބާއްވައިފި އެވެ.

ދެ ޖިންސުގެ ކުދިންނަށް ހުޅުވާލައިގެން ބޭއްވި މި ޕްރޮގްރާމަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް ކްލަބުން ބުނެ އެވެ. ހަަމަ އެއާއެކު އިތުރު ކުދިން ބައިވެރިވެރިވާނެ ކަމުގެ ފެހި ސިގްނަލް މިހާރުވެސް ލިބެމުންދާކަމަށް ކްލަބުން ބުނެއެވެ.

ގްރާސްރޫޓް ކުދިންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނުތައް ފެށުމަށް ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހެވެ. އެދުވަހުން ފެށިގެން މެދު ނުކެނޑި މި ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ.

އޯޕަން ޑޭގެ ރަސްމިއްޔާތުގައި ހަ ކޯޗުން ނާއެކު ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަދި ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އާއި ކުރީގެ މަޝްހޫރު ޑިފެންޑަރު އިސްމާއީލް އަނިލް ބައިވެރިވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top