ހާޓްއެޓޭކްޖެހުމުގެ ފުރުސަތުކުޑަކުރެވޭނެ ފަސޭހަ ފަސްގޮތް

ހެަރތ.jpg

ހާޓްއެޓޭކްޖެހުމަކީ ވަގުތުން ފުރާނަ ދާ ނުރައްކާތެރި ކަމަކަށްވިޔަސް މިކަން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ހަމަ އެކަނި އެމެރިކާގައި ހާޓްއެޓޭކްޖެހިގެން އަހަރަކު އެއްމިލިއަންމީހުން މަރުވެއެވެ.

ގިނަ ފަހަރު ހާޓްއެޓޭކް ޖެހެނީ އެމީހާއަށް އެކަމުގެ އިންޒާރަކާވެސް ނުލައެވެ. އަނެއްބައިފަހަރު އެމީހާއަށް އާދަޔާ ޚިލާފު ގޮތަތަކެއްވެގެން އަވަހަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމުން މަރުން ސަލާމަތަ ވަނީއެވެ. އެހެންނަމަވެސް އެ ހިސާބުން ޑޮކްޓަރުންވެސް އެމީހާއަށް ވަރަށް ގިނަ އިންޒާރުތައް ދެއެވެ. ދިރިއުޅުން ވަކިގޮތަކަށް ބައްޓަން ކުރުމަށާއި ކެއުން ކޮންޓްރޯލް ކުރުމަށާއި ބައެއްތަކެތި ކެއުން ހުއްޓާލުމަށާއި ގަވާއިދުން ކަސްރަތުކުރުމަށް އިންޒާރުދެއެވެ.

ހާޓްއެޓޭކް ޖެހެނީ ހިތަށް ލޭ ފޮނުވާ ހޮޅިއެއް ބްލޮކްވެގެންކަމީ އެންމެންވެސް ދަންނަކަމެކެވެ. ލޭހިނގާ ހޮޅިއެއް ބްލޮކް ވެއްޖެނަމަ ހިތަށް ލޭ ފޮނުވައިދިނުން ހުއްޓުމަކަށް އަންނާނެއެވެ.

އެހެންނަމަވެސް ދިރިއުޅުމުގެ އާދަތައް ރަނގަޅުގޮތުގައި ބަހައްޓައިގެން ހާޓްއެޓެކްޖެހުމުން ސަލާމަތްވެއެވެ. މިދަންނަވާލަނީ ހާޓްއެޓޭކުން ސަލާމަތްވެގެން ހުރެވޭނެ ފަސް ގޮތެވެ.

ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރާށެވެ.
ކަސްރަތުކުރާށެވެ. ނުވަތަ ކަންނެތް ދިރިއުޅުމާ ދުރުވެ ހެލިފެލިވެ އުޅޭށެވެ.
ބަރުދަން އެއްވަރެއްގައި ހިފަހައްޓަންމަސައްކަތްކުރާށެވެ.
މަސްތުވާތަކެއްޗާދުރުހެލިވާށެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ.

ގިނައިން މޭވާ ކެއުމަކީ ހިތަށް ފައިދާހުރި ކަމެއްތަ؟

ދިރާސާތަކުން ދައްކާގޮތުގައި ގިނައިން މޭވާ ކެއުމަކީ ހާޓްއެޓެކްޖެހުމުގެ ރިސްކް ކުޑަކޮށްދޭ ކަމެކެވެ. މޭވާއަކީ އެކްއޮކްސިޑެންޓާއި ވިޓަމިން އަދި މިނެރަލްއިން މުއްސަނދި ވެފައިވާ އެއްޗަކަށްވާތީ މޭވާ ކެއުމަކީ ހިތުގެ ބަލިތަކުގެ އިތުރުން އެހެނިހެން ބަލިތަކުންވެސް ދިފާއުކޮށްދޭ ކަމެކެވެ. އެކަމަކު މާގިނައިން ފޮނިގަދަ މޭވާ ކެއުމުގެ ބަދަލުގައި ހުތް ނުވަތަ ކުޑަކޮށް ހިތިރަހައެއްހުންނަ މޭވާ ބޭނުންކުރުމަކީ އެންމެ މޮޅުގޮތެވެ. ހަކުރުބަލީގައި އުޅޭ މީހުންނާއި ހަކުރުކެއުން މަދުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ މީހުން މިކަމަށް ސަމާލުކަން ދޭންވާނެއެވެ.

ކަސްރަތުކުރުމަށްފަހު ނުވަތަ ބުރަމަސައްކަތަކަށްފަހު މޭވާ ބޭނުން ކުރުމަކީ ހަށިގަނޑަށް އެނަޖީ ހޯދައިދެވޭނެ އެންމެ ބަރާބަރު ގޮތެވެ.

ހިތަށް އެންމެ ފައިދާހުރީ ކޮންކަހަލަ ކާނާއެއްގައި؟

ހިތުގެ މައްްސަލަޖެހެނީ ކޮލޮސްޓްރޯލް ލެވެލް ހުންނަންވާވަރަށްވުރެ މައްޗަށް ދިއުމުންކަން އެނގެއެވެ. ކޮލޮސްޓްރޯލް މައްޗަށްދިއުމޭ މިކިޔަނީ ލޭ ހޮޅިތައް ބްލޮކްވާ ވާހަކައަށެވެ. ކޮލޮސްޓްރޯލްގެ ތެރޭގައި ވެސް ދެވައްތަރެއްވެއެވެ. ރަނގަޅު ކޮލޮސްޓްރޯލާ ނުބައި ކޮލޮސްޓްރޯލެވެ. ރަނގަޅު ކޮލޮސްޓްރޯލް ހުންނަ ކާނާއަކީ ކާންޖެހޭ ބާވަތްތަކެކެވެ. އަދި ނުބައި ކޮލޮސްޓްރޯލްއަކީ އެއިން ދުރުވާން ޖެހޭ އެއްޗިއްސެވެ. ލޭހޮޅިތައް ބްލޮކް ވަނީ ނުބައި ކޮލޮސްޓްރޯލް ހުންނަ ތަކެތި ބޭނުން ކުރެވޭތީއެވެ. މީގެ ތެރޭގައިހަކުރު އަދި ހަކުރުއެކުލެވޭ ކާނާ ހިމެނެއެވެ. ޓްރާންސްފެޓްހުންނަ ތެލުގެ ބާވަތްތައްމިއަަށްވުރެވެސް ނުރައްކާތެރި އެވެ.

އެހެންވީމާ ހިތުގެ މައްސަލަތަކުންނާއި ހާޓްއެޓޭކުން ސަލާމަތްވެ ހުރުމަށް ދުރާލައި ސަމާލުވާން ޖެހެއެވެ. އިހަށް މަޑުކޮށްލައިފިނަމަ ވަގުތު ފާއިތުވެދާނެކަމަށްޓަކައެވެ. މިހާރުން މިހާރަށްވެސް ފަށަންޖެހިފައިވާ ކަންކަން މިދަންނަވަނީއެވެ.

ޖަނަވާރުގެ މަހާއި އެމަސް ބޭނުންކޮށްގެން ހަދާފައި ހުންނަ ކާތަކެތިން ދުރުހެލިވާށެވެ.
ހަކުރު ބޭނުންކޮށްގެން ހަދާފައިހުންނަ ތަކެތި ބޭނުން ކުރުން މަދުކުރާށެވެ.
ހެލިފެލިވެއުޅުން. އަދި ވީވަރަކުން ގުދުރަތީ ކާނާ ބޭނުންކުރާށެވެ.
ގިނައިރު އިށީދެގެން ނުއިނުމާއެކު ދުވާލަކު 10000 ފިޔަވަޅަށްވުރެ މަދު ނޫންއަދަދަކަށް ހިނގުން އާދަކުރާށެވެ.
ކޮލޮސްޓްރޯލް ދަށްކުރަން ދޭ ބޭހުގެ ބޭނުންނުކޮށް ވޭތޯ ބަލާށެވެ. އޭގެ މާނައަކީ ޑޮކްޓަރ އެކަމަށް އެދޭވަރު ވިޔަދީގެންނުވާނެއެވެ.
ވިޓަމިން ޑީ ހުންނަ ކާނާގެ ބޭނުންކުރުން ގިނަކުރާށެވެ.
ސްޓްރެސްއިން ފްރީވެގެން އުޅުމަށްް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަންވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top