ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަނެއްކާވެސް ތޮލާލަށް

big_ZrNszYJesbC2VZr.jpg

މުހައްމަދު ތޮލާލް --ފޮޓޯ: އަވަސް

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އަނެއްކާވެސް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.

މި މަގާމަށް ތޮލާލް ހަމަޖެއްސީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ތޮލާލް ވަނީ މީގެކުރިން ވެސް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. އެގޮތުން 2014ވަނަ އަހަރު އޭޕްރީލް އިން 2016ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް އޭނާވަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމް އަދާކުރައްވާފައެވެ. ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމް ތޮލާލަށް ލިބިފައިވަނީ އޭނާ މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވާ ގޮތަށެވެ.

ޕީޕީއެމުން ބުނީ އެ މަގާމަށް ތޮލާލް ހަމަޖައްސާފައިވަނީ މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ދެމި ހުންނަވާ ގޮތަށް ކަމަށެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމް ހުސްވީ އެމަގާމުގައި ހުންނެވި މުޙައްމަދު ޝަކީލް އަމިއްލަ ބޭނުމަކަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމާ ގުޅިގެން އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top