ދެއަތް ނެތް މީހަކު ފައި ބޭނުންކޮށްގެން އިމްތިހާނު ހަދައި ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފި

2387313_big-lnd44-580x404.jpg

ޗައިނާގައި ދިރިއުޅޭ ދެއަތް ނެތް މީހަކު ފައި ބޭނުންކޮށްގެން އިމްތިހާނު ހަދައި ރަނގަޅު ނަތީޖާއެއް ހާސިލްކުރުމާއި ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ގެނުވައިފި އެވެ.

ސިޗުއާން ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ ޕެންގް ޗާއޯ ތައުލީމް ހާސިލްކުރަމުން އަންނަނީ ޗައިނާގެ ކޮލެޖެއް ކަމަށްވާ އަލްޓްރާ ކޮމްޕެޓެޓިވް ކޮލެޖްގައި އެވެ. އެކޮލެޖުން މިހާރު އަންގާފައި އޮތް ގޮތުން އެކޮލެޖުން ބޭއްވި އިމްތިހާނުގައި 538 ޕޮއިންޓް ލިބިފައިވެ އެވެ.

އަދި އެކޮލެޖްގެ ޕޮލިސީގެ ތެރެއިން އިތުރު ފަސް ޕޮއިންޓް ވެސް އޭނާއަށް ލިބިފައިވެ އެވެ.

ޕެންގް ދުނިޔެއަށް އުފަންވިއިރު ވެސް އޭނާގެ ދެ އަތް ލިބިފައެއް ނުވެ އެވެ. ޕެންގް ބުނީ އޭނާއަށް ދެ އަތް ލިބިފައި ނުވި ނަމަވެސް ފައި ބޭނުންކޮށްގެން އެއްޗެހި ވަރަށް ގިނަ އިން ލިޔެ އުޅޭ ކަމަށާއި އޭނާގެ ދިރިއުޅުމާއި ބެހޭ ގޮތުން ވެސް ފައި ބޭނުންކޮށްގެން ލިޔެފައިވާނެ ކަމަށެވެ.

ޕެންގް ގެ ބައްޕަ ބުނީ ޕެންގް ބައިވެރިވި އިމްތިހާނުގެ ނަތީޖާ ނުނިކުމެގެން ބައެއް ރޭ ނުނިދާ ވެސް އުޅެފައިވާނެ ކަމަށާއި އެންމެ ބޮޑަށް ކަންބޮޑުވީ ޕެންގް ނެރޭނެ ނަތީޖާ އާއި މެދު ކަމަށެވެ.

ޕެންގް އިތުރަށް ބުނީ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށާއި އެހެންވެ 30 ނުވަތަ 40 ޕޮއިންޓް ލިބޭ ސުވާލުތަކަށް މާކްސް ލިބިފައިނުވާ ކަމަށެވެ. އަދި ގިނަ ވަގުތު ލިބުނު ނަމަ ކޮލެޖްގެ ޝަރަފްވެރި ވަނައަކަށް އެރީސް ކަމަށް އޭނާ ބުންޏެވެ.

ޕެންގް ބުނީ ކޮލެޖްގެ މޮޅު ދަރިވަރުންތަކުގެ ތެރޭގައި ނުހިމެނުނު ކަމުގައިވިޔަސް މައްސަލައެއް ނެތް ކަމަށާއި މިހާރު ހުރިހާ ވެސް އުންމީދެއް ހުރީ ސިވިލް އިންޖީނިއަރިންގ ދާއިރާއިން ތައުލީމް ހާސިލްކުރުމަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top