ކޮވިޑް-19 އިން ރައްކާތެރިވުމަށް އޭދަފުށިކައުންސިލުން އިތުރު ފިޔަވަޅުތަކެއް އަޅައިފި

ކައުންސިލް.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން އޭދަފުށީ ކައުންސިލުން އަނެއްކާވެސް އިތުރު ފިޔަވަޅު ތަކެއް އަޅަން ނިންމަވައި އެކަން ރައްޔިތުންނަށް އަންގަވައިފި އެވެ.

މިކަމާ ގުޅިގެން މިއަދު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނާގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކޮވިޑް -19 އާގުޅިގެން އުފައްދާފައިވާ އޭދަފުށީ ޓާސްކް ފޯސް ކޮމިޓީން ނިންމެވުމާ ގުޅިގެނެނެވެ.

މި ގޮތުން ، ސައިހޮޓާ ރެސްޓޯރެންޓްފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން މިިއަދު ހަވީރު  6 ގެ ފަހުން މުއްދަތެއް ނެތް ގޮތަށް ޑެލިވަރީގެ ޚިދުމަތް ދިނުން ފިޔަވައި އެނޫންގޮތަކަށް ތަނުގެ ތެރޭގައި ޚިދުމަތް ދިނުން މެދު ކަނޑާލުމަށާއި ގިނަބަޔަކު އެއްވެ އުޅުމަށް މަގުފަހިވާ ކަންކަންކުރުން ހުއްޓާލުމަށް އަންގަވާފައި ވެއެވެ.

މީގެ އިތުރުން ބޯކޮށާ ތަންތަނުން ޚިދުމަތް ދިނުން ހުއްޓާލުމާއި އާއްމު ތަންތަނުގައި ބަހައްޓާފައި ހުރި ޖޯލިފަދަ ތަންތަނުގައި މީހުުން އެއްވެ ތިބުމާއި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުތުމާއި މި ގޮތަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވިޔަސް އިތުރު މީހަކު ނުނިކުތުމާއި މަސްވެރިކަމުގެ ބޭނުމަށް ރަށުން ފުރާ އުޅަނދު ފަހަރުގެ މައުލޫމާތު ސޯޝަލް ސަޕޯޓް ޑެސްކަށް ހިއްސާ ކުރަން ޖެހެއެވެ.

ހަމައެއާއެކު ރައްކާތެރިވުމުގެ ގޮތުން ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ޑެލިވަރީއަށް އިސްކަން ދިނުމަށް ކައުންސިލުންއެދެއެވެ.

މީގެ އިތުރުން ރޯގާއާ ބެހޭ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ (ކެއްސާ ކިނބިހި އަޅާ ހުންއައިސް ކަރުގައި ރިއްސާ އަރިދަފުސް ޖެހިއްޖެ ނަމަ) ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކް ނަބްބަރު 6608309 އާ ގުޅައި މައުލޫމާތު ހިއްސާކުރުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top