ގޮއިދޫ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފި .

IMG-9574fddc956e94dbd88e23268ee9fbea-V.jpg

ގޮއިދޫގައި މިއަހަރު ހައްދަމުން އަންނަ ދަނޑަކަށް މީހަކު ފެންޖަހަނީ. / އީވީ ފައިލް ފޮޓޯ

ބ. ގޮއިދޫގެ ދަނޑުވެރިއަކު ހައްދާ ދަނޑުތަކެއް ކޮށާލައި ބޮޑެތި ގެއްލުން ތަކެއް ދީފިއެވެ.

ފުލުހުން ބުނީ ގޮއިދޫގައި އަމިއްލަ މީހަކު ހައްދާ ދަނޑަކަށް ވަރަށް ބޮޑަށް ގެއްލުން ދިން މައްސަލައެއް މިއަދު ހެނދުނު 8:30 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދަނޑުތަކުގައި ހައްދާފައި ހުރި ޗިޗަންޑާއާއި ތޮރާތައް ގަހުން ކަނޑައި ގަސްތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންން އަންނައިރު، މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

800 މީހުންގެ އާބާދީއެއް އޮންނަ ބ. ގޮއިދޫ އަކީ ދަނޑުވެރި ރަށެކެވެ. އެ ރަށުގައި ހައްދާ މޭވާއާ ތަރުކާރީގެ ބޮޑުބައެއް ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިތުރުން މާލެއަށްވެސް ވިއްކުމަށް ގެންދެއެވެ.

ގޮއިދޫގެ ދަނޑތަކަކަށް ގެއްލުން ދީފައި މިވަނީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަރުކާރީއާއި މޭވާ މާލެއަށް ގެނެސް އަންނަ ރޯދަ މަހު މާލޭގެ ގެތަކަށް ފޯރުކޮށްދޭނެ ގޮތެއް ހަމަޖައްސަމުން ގެންދާ ވާހަކަ ދެކެވެމުން ދަނިކޮށްކަން ފާހަގަ ކުރެވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top