ބީއެމްއެލްގެ އާ މޮބައިލް ބޭންކިން އެޕް ތައާރަފުކޮށްފި

file_fn7qfe-1.jpg

ކަސްޓަމަރުން ބޭނުންވާ އާ ގިނަ ފީޗާސްތަކާއެކު އަޕްގްރޭޑްކޮށްފައިވާ ބީއެމްއެލް މޮބައިލް ބޭންކިން އެޕް މިއަދު ތައާރަފުކޮށްފި އެވެ.

2015 ވަނަ އަހަރު ބީއެމްއެލް މޮބައިލް ބޭންކިން އެޕް ތައާރަފުކުރި ފަހުން މިއީ މިހާތަނަށް އެޕަށް ގެނައި އެންމެ ބޮޑު އަޕްގްރޭޑެވެ. އާ ފީޗާތަކުގެ އިތުރުން މުޅި އެޕްގެ ޔޫސާ އިންޓަފޭސްއަށް ބޮޑެތި ބަދަލުތަކެއް ބީއެމްއެލްއިން ގެނެސްފައިވެ އެވެ.

ބީއެމްއެލް މޮބައިލް ބޭންކިން އެޕްގައި އަލަށް ތައާރަފު ކުރި ފީޗާސްތަކުގެ ތެރޭގައި ކުއިކް ޕޭއިން ކޮންޓެކްޓް ލިސްޓަށް އެކައުންޓް ނަންބަރު އެޑް ނުކޮށް ފައިސާ ޓްރާންސްފާ ކުރުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވެއެވެ. އަދި ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބުމުގެ އިތުރުން ޕާސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވެއެވެ.

މި އެޕް ތައާރަފުކުރުމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓުގެ ދަށުން ހާސިލުކުރެވުނު މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

މިހާރުގެ އަޕްގްރޭޑްގައި އިންޓަނެޓް ބޭންކިންގެ ފީޗާތައް އެކަނި ހިމެނުނު ނަމަވެސް، ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސްތައް އެޕަށް ތައާރަފުކުރެވޭނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފަ އެވެ.

ބީއެމްއެލްއިން ދީފައިވާ މައުލޫމާތުތައް ބުނާ ގޮތުން ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އޮންލައިން ބޭންކިންއަށް ރަޖިސްޓްރީ ކޮށްފައިވާއިރު، މިދިޔަ އަހަރު 73 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top