ނޮވެމްބަރު 3ގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9000 ރުފިޔާ

large_174237900348NvtV.jpg

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން: ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދެނީ

1988 ގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ރާއްޖެއާއި ރައްޔިތުން ސަލާމަތްކުރުމުގައި ޖިހާދުކޮށް ޝަހީދުވެފައިވާ ސިފައިންގެ އާއިލާތަކަށް ޚާއްސަ އިނާޔަތްތަކެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާތަކާ ދެކޮޅަށް ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމާގައި ދެއްކެވި އާދަޔާ ހިލާފު ހިއްވަރާއި ސާބިތުކަމުގެ ސަބަބުން ޝަރަފުގެ ނިޝާން ދީފައިވާ ބޭފުޅުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އިނާޔަތް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސާފައިވާ ކަމަށެވެ.

މި އުސޫލު މިހާރު ގެޒެޓުގައި ޝާޢިއު ކޮށްފައިވާއިރު، މި އުސޫލުގެ ދަށުން ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ލިބޭނެއެވެ.

އަދި އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައި ދިނުމަށް ހިތްވަރު ދެއްކި އެހެން މީހުންނަށް ވެސް ކޮންމެ މަހަކު އިނާޔަތެއް ލިބޭނެ ކަމަށް އުސޫލުގައި ވެއެވެ.

އެގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދިނުމަށް ނިންމާފައިވާއިރު، ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް ދޭނެއެވެ.

އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top