މެޑްޓެކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޮންޑެއް ވިއްކަން ހުޅުވާލައިފި

339470_3_4e64a62279ca4fededcc1b8ddd26b461e65d1137_large.jpg

މެޑްޓެކް. ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ފުޅާ ދާއިރާގައި ސިއްހީ ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބަލްސް ފޯރުކޮށްދޭ މެޑްޓެކް ޑައިގްނޯސްޓިކްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޮންޑް (ސުކޫކު) އެއް ވިއްކަން ހުޅުވާލައިފިއެވެ.

ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގައި އެ ކުންފުނިން ވިއްކަން ހުޅުވާލި ސުކޫކް ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ “ވިޔަނަ” ޕޯޓަލް ގައި ލިސްޓުކޮށްފައެވެ.

ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާ ކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.

އެ ސުކޫކްގެ ލީޑް އެރޭންޖަރު، ފަސްޓް ނޭޝަނަލްގެ ވެބްސައިޓްގައިވާ ގޮތުން މެޑްޓެކް ޑައިގްނޯސްޓިކްސް އިން ވިއްކަން ހުޅުވާލީ 30 މިލިއަން ރުފިޔާގެ މުޝާރަކާ މުތަނާގިލާގެ ސުކޫކެވެ. މެޑްޓެކުން މި ސުކޫކް އިޝޫކުރަނީ ހުޅުމާލޭގައި ހެލްތު އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށެވެ. މި ސުކޫކަށް އިންވެސްޓް ކުރާ ފަރާތްތަކަށް 9 ޕަސެންޓުގެ ފައިދާއެއް ލިބޭނެ އެވެ. އަދި އޭގެ ފައިދާ އަހަރު ދެ ފަހަރު ބަހާނެ އެވެ. މި ސުކޫކުގެ މުއްދަތަކީ ހަތް އަހަރެވެ.

ފަސްޓް ނޭޝަނަލްގެ ވެބްސައިޓުގައިވާ ގޮތުން މެޑްޓެކް ޑައިގްނޯސްޓިކްސް އިން ވިއްކަން ހުޅުވާލީ 30 މިލިއަން ރުފިޔާގެ ޑިމިނިޝިން ޕާޓްނާޝިޕް ބޮންޑެކެވެ. މި ބޮންޑަށް އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނެ އެންމެ މަދު އަދަދަކީ 10،000 ރުފިޔާއެވެ.

ފަސްޓް ނޭޝަނަލްގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މެޑްޓެކް ޑައިގްނޯސްޓިކްސް އިން ދޫކުރާ މި ސުކޫކްގެ ސަބަބުން، އަމިއްލަ ކުންފުނިތަކަށް ސުކޫކް ދޫކޮށްގެން ފައިސާ ހޯދޭން ކަމުގެ ޔަގީންކަން ލިބި، ގިނަ އަމިއްލަ ކުންފުނިތަކަކުން އިސްލާމިކް ކެޕިޓަލް މާކެޓްގައި ބައިވެރިވެގެން ފައިސާ ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top