އޭދަފުށިން ފިތުރު ޒަކާތް ދެއްކީ 2392މީހުން. ލިބުނީ 53،842 ރ

DSCN9884.jpg

އޭދަފުށި --އީވީ ފޮޓޯ

ބ. އޭދަފުށިން  މިއަހަރު ފިތުރު ޒަކާތް ދެއްކީ 2392 މީހުންކަމަށާއި ޒަކާތަށް ދައްކަފާއިވަނި ލިބިފައިވަނީ 53842 ރުފިޔާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީގައި ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓަރީ ކޮށްފައިވަނީ 24 މީހުންނެވެ. އެހެންކަމުން އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބޭނީ 2243 ރުފިޔާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެ އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު އޭދަފުށީން މިއަހަރު ފިތުރު ޒަކާތް ދެއްކި މީހުންނާއި ޒަކާތަށް ލިބުނު ފައިސާގެ އަދަދުވެސް މަދުކަން ފާހަގަ ކުރެވެ އެވެ. މިދިޔަ އަހަރުގެ ފިތުރު ޒަކާތަށް ލިބިފައިވަނީ 56860 ރުފިޔާ އެވެ. އެއީ މިއަހަރާ އަޅާބަލާއިރު 3018 ރުފިޔާގެ މަދުވުމެކެވެ. ހަމައެހެންމެ ޒަކާތް ދެއްކި މީހުންގެ އަދަދުވެސް ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު 130 މީހުން މަދުކަން ފާހަގަ ކުރެވެ އެވެ. މިދިޔަ އަހަރު ޒަކާތް ދެއްކީ 2522 މީހުންނެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިތުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ. ފިތުރު ޒަކާތް ވާޖިބުވަނީ އީދު ދުވަހާއި އީދުވިލޭރޭ، ކެއުމަށްފަހު ބާކީވާ ވަރަށް ހުރުމާއެކުއެވެ. ފިތުރު ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާން ކަމެކެވެ.

ފިތުރު ޒަކާތް އޭގެ ހައްގުވެރިންނަށް ބެހުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top