ތުޅާދޫން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

img-0556-1536x1152-1.jpeg

ބ.ތުޅާދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ރަށުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުން މިއަދު ދޫކޮށްލައިފިއެވެ.

ތުޅާދޫން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން ހައްޔަރު ކުރި މީހުންނާ ދޭތެރޭ އަމަލުކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އަދި ހައްޔަރު ކޮށްގެން އޭދަފުއްޓަށް ގެންދިޔަ މީހަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަކަން ވެސް ސިއްރުކުރި ކަމަށް ބުނެފައިވެއެވެ.

”ވަރަށް ބޭއިންސާފުން އިހާނެތިކޮށް ކަންތައް ކުރީ. ފުލުހުން ބުނީ ރަށަށް ގެންގޮސް ނުދެވޭނެ ކަމަށް. އެމީހުން ބޭތިއްބީ އޭދަފުށީގައި. އެކަމަކު، އެމީހުންނަށް ރަށަށް ވެސް ދެވޭނެ ގޮތެއް ނެތް،“ އެކަކު ކިޔައި ދިނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top