”ރެޑްވޭވް ރޯދަ ޕްރޮމޯޝަން ” އިނާމުތައް ހަވާލުކޮށްފި

Redwave.png

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ “ރެޑްވޭވް” ފިހާރަތަކުން ވޭތުވެދިޔަ ރަމަޟާން މަހާ ގުޅިގެން ހިންގި ރޯދަ ޕްރޮމޯޝަންގެ އިނާމުތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށްފިއެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރެޑްވޭވް ފިހާރަތަކުން ފެށި ޕްރޮމޯޝަންގައި ޚާއްސަ 10 އިނާމެއް ހުށަހަޅާފައި ވެއެވެ. މީގެ ތެރެއިން އެއްވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމެވެ. ދެވަނަ އިނާމެއްގެ ގޮތުގައި އެއް ލައްކަރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ތިންވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމެވެ.

“ރެޑްވޭވް” ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވާ ދެލައްކަ ރުފިޔާ ލިބިފައިވަނީ ލީލާ އަހްމަދަށެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާ ފައިވާ އެއްލައްކަ ރުފިޔާ ލިބިފައިވަނީ ފާތުމަތު ތީން އަށެވެ. ތިންވަނައަށް ކަނޑައަޅާފައިވާ ބައިލައްކަ ރުފިޔާ ލިބިފައިވަނީ މުހައްމަދު އަކިން އަށެވެ.

އިތުރު ހަތް އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އިނާމުތަކާއި އެއިނާމުތައް ލިބިފައިވާ މީހުންނަކީ

  • 900 ބީޓީޔޫގެ އެއާކޯން – އުސްމާން ހާން
  • ކުކިންގ ރޭންޖް – ރާހީ
  • މައިކްރޯވޭވް އަވަން – އަލީ އިމްރާން
  • ކަރަންޓު އަވަން – އަލީ އުމަރު މަނިކު
  • ދޮންނަމެޝިން -ހައްމާން
  • ރައިސް ކުކަރ – ހުސައިން ރިޔާޒް
  • ގޭސް އުނދުން – މުހައމްަދު ޝަރީފް

ރެޑްވޭވް ފިހާރަތައް ފާހަގަ ކުރެވިފައިވަނީ ކަސްޓަމަރުންނަށް ގިނަ އިނާމުތަކަކާއެކު ބޮޑެތި ޕްރޮމޯޝަންތަކެއް ހިންގަމުން އަންނަ ފިހާރަތަކެއްގެ ގޮތުގައެވެ. ހަމަ އެއާއެކު އާއްމުކޮށް ބޭނުންވާ ހުރިހާމުދަލެއްވެސް އަގު ހެޔޮކޮށް ލިބެން ހުންނަ ފިހާރަތަކެއްގެ ގޮތުގައެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހުވެސް ރެޑްވޭވުން ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ 50 އިންސައްތައިގެ ޑިސްކައުންޓަކާއެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top