މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން ފާސްކޮށްފި

large_170287594317I6Yj.jpg

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު، އެގޮތަށް ފާސްކުރަން އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީސް އިންތިޚާބު ރޯދަ މަސް ނިމި، 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ.

އެ ކޮމިޓީގެ ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ. ރިޕޯޓަށް އިތުރު އިސްލާހެއް ހުށަހަޅާފައި ނުވާތީ މިއަދުގެ ވޯޓުގެ ވަގުތުގައި ވަނީ އެ އިސްލާހަށް ވޯޓަށް އަހައިފައެވެ.

އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.

މިފަދަ ހާލަތުގައި އެ އިންތިޚާބަކާ ގުޅޭ ޚާއްސަ ގާނޫނުގެ ދަށުން ނުވަތަ އިންތިޚާބު ތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތު ކަނޑައަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެފަހުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު އާންމުކުރަންޖެހޭނެ އެވެ.

މި އިސްލާހު ހުށަހެޅިއިރު މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރުން އެ ބިލަށް ތާއީދެއް ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top