ސަލީމް، އޭދަފުށި ދާއިރާއަށް ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވައިފި

viber_image_2024-02-12_20-45-19-414.jpg

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރުވެސް މި ދާއިރާގެ މެންބަރު، އަހުމަދު ސަލީމް އިލެކްޝަން ކޮމިޝަނަށް ކެންޑިޑެންސީ ފޯމް ހުށަހަޅުއްވައިފިއެވެ.

ސަލީމްގެ ކެންޑިޑެންސީ ފޯމް އީސީއަށް ހުށަހަޅުއްވާފައި ވަނީ އޭނާއަށް ތާއިދު ކުރައްވާ ގިނަ އަދަދެއްގެ މެމްބަރުންނާއި އެކު އީސީއަށް ވަޑައިގެން މިއަދު އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ސަލީމް ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައެވެ. ސަލީމަށް ޕީއެންސީ ޓިކެޓް ލިބިވަޑައިގަތީ އެދާއިރާއަށް ޕީއެންސީގެ ފަރާތުން އެެހެން ކެންޑިޑޭޓަކު ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ނުވުމާއި އެކު ޕްރައިމަރީއަކާ ނުލައެވެ.

ސަލީމް ވަނީ ވޭތުވެ ދިޔަ 3 ދައުރުގައިވެސް އޭދަފުށީ ދާއިރާގެ މެންބަރު ކަން އަދާކުރައްވައި މިދާއިރާގެ އެންމެ ގިނަ ދުވަހު މަޖިލީހުގައި ހުންނެވުމުގެ ރެކޯޑްވެސް ހޯއްދަވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top