އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދައިފި

426556372_916097083473029_1400213525617335918_n-1536x1025-1.jpg

އޭދަފުށީ ޓީމް ޗެމްޕިއަން ޓްރޮފީއާއެކު- ފޮޓޯ /ސިޑިބަރި

މިހާރު ހިނގަމުންދާ ފުޓްސަލް މުބާރާތް ”ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް“ގައި ބ. އަތޮޅު ފައިނަލުގައި ތުޅާދޫއާ ވާދަކޮށް 2-5 އިން އޭދަފުށި މޮޅުވެ އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ.

މިއަހަރުގެ މި މުބާރާތުގައި ބ.އަތޮޅުން ތިން ޓީމް ވާދަކޮށްފައިވާ އިރު އަތޮޅު ބުރު ކުރިއަށް ގެންދިޔައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ފައިނަލްށް ދާގޮތަށެވެ.

ރޭގެ މެޗުގައި އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ ހަމްޕު އެވެ. އޭގެފަހުން އިބްރާހީމް ރަފާހްގެ ގޯލުން ތުޅާދޫ އިން ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު ވަގުތު އޭދަފުށީގެ ހައިޝަމް ހަސަން އެ ޓީމުގެ ދެ ވަނަ ގޯލު ޖެހި އެވެ. ދެ ވަނަ ހާފުގައި އޭދަފުށިން ވަނީ އިތުރު ތިން ގޯލު ޖަހައިފަ އެވެ. އޭދަފުށީގެ ތިން ވަނަ ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭދަފުށީގެ ހަތަރު ވަނަ ގޯލު ޖެހީ ހައިޝަމް އެވެ.

އޭދަފުށީގެ ފަހު ގޯލު މެޗުގެ ފަހު ސިކުންތުގައި ޖެހީ ލިބުނު ދުރު ޕެނަލްޓީއަކުން ސެންޓޭ އެވެ. ބ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހީ ފަސް ގޯލާ އެކު ތުޅާދޫގެ ރަފާހް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ހައިޝަމް އެވެ. އަތޮޅު ޗެމްޕިއަންކަން ޖެހިޖެހިގެން އޭދަފުށި ހޯދި މިއީ ފަސް ވަނަ ފަހަރެވެ.

މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނީ ޒޯން ބުރުގެ ފައިނަލަށް ހޮވޭ ދެ ޓީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top