ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ގެ ފަރާތުން ހޭންޑްބޯލް މޯލްޑިވްސް އާއި ޕްރޯ ސްޕޯރޓްސް އެކަޑަމީ އާއި ގުޅިގެން، ތަމްރީން ދަތުރެއްގައި ހޭންޑްބޯލް ކުޅުންތެރިންތަކެއް ތައިލެންޑަށް ފޮނުވައިފިއެވެ.
މި ތަމްރީނުގައި ބައިވެރިވުމަަށް ތައިލެންޑަށް ގޮސްފައިވަނީ އެ ކްލަބުގެ ތިން އަންހެން ކުޅުންތެރިންނާއި ތިން ފިރިހެން ކުޅުންތެރިންނެވެ.
މި މަހުގެ 6 އިން 12 އަށް ތައިލޭންޑްގެ ސްޕޯރޓްސް ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނުގައި ކިޔަވައިދޭނީ އެ ގައުމުގެ ސްޕޯޓްސް ޔުނިވާސިޓީގެ އެންމެ މަތީ ފެންވަރުގެ ކޯޗުންކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި އަގުހުރި ދަތުރަށް ”ހޭންޑްބޯލް މޯލްޑިވްސް“ އާއި ކުޅުންތެރިންގެ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަން އެ ކުލަބުން ފާހަގަ ކުރެއެވެ.





