އަލަށްފެނުނު މަހަށްކިޔަނީ އަސުރުމާބުރެކި

medium_86488.jpg

އަސުރުމާ ބުރެކި :މިއީ ދުނިޔެއިން މަދުންނޫނީ ނުފެންނަ މަހެއް. ރާއްޖޭގެ ކަނޑުން މިމަސް ފެނިފައިވަނީ މިދިޔަ ނޮވެމްބަރ މަހު..

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުފެންނަ އަދި ދުނިޔެއިންވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ މަހެއް މިދިޔަމަހު މަސްވެރިއަކު ބާނާފައިވާއިރު އެމަހަށް “އަސުރުމާބުރެކި” ކިޔަން މެރިން ރިސާޗް ސެންޓަރުން ނިންމައިފިއެވެ.

މެރިން ރިސާޗް ސެންޓަރުން ބުނީ އެމަހަށް އަސުރުމާ ބުރެކި ކިޔަންނިންމީ އެމަހުގެ ކުލައާއި މަސް ނިސްބަތްވާ އާއިލާއާ ގުޅޭ ސައިންޓިފިކްނަމާއި ގުޅުވައިގެން ކަމުގައެވެ.

މިމަަހަށް އިނގިރޭސި ބަހުން ކިޔަނީ ” މެގަންތިއަސްފިލިފެރަސް” އެވެ.

މިމަސް ބާނާފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރ.ރަސްގެތީމު ދޯދިލަ ހަސަންލަތީފު ކ. ގާފަރު ކަނޑުއޮޅިއާދިމާ 200 މީޓަރެއްހާ ހިސާބުބޭރުން 500 މީޓަރު އަޑިންކަމަށް މެރިން ރިސާޗް ސެންޓަރުން މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top