ރިވެޓްމަންޓް ޖަހާ މީހުން ހިލަބޯޓަކާއެކު އަންނަހަފްތާ އޭދަފުއްޓަށް

hila.jpg

ރިވެޓްމަންޓް ޖެހުމަށް އޭދަފުއްޓަށް ކުރިން ގެނައި ހިލަތައް ބާޖުން ބޭލުމުގެ މަސައްކަތް ކުރަނީ. ރިވެޓްމަންޓްގެ އަމަލީ މަސައްކަތް އަދިވެސްވަނީ ނުފެށި/ އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އޭދަފުށީގެ ބިންހިއްކި ސަރަހައްދުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެށުމަށްޓަކައި، ހިލަބޯޓަކާއެކު އަންނަ ހަފްތާތެރޭގައި ޓީމެއް އޭދަފުއްޓަށް އަންނަން ހަމަޖެހިފައިވާކަން އޭދަފުށީ ކައުންސިލުން ހާމަކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އިތުރު ހިލަބޯޓަކާއެކު އަންނަ ހަފްތާގެ ފަހުކޮޅު ހިލާބާޖް އޭދަފުއްޓަށް އަންނާނެކަން ކޮންޓްރެކްޓަރު އަންގާފައިވާކަމަށާ، އެބޯޓުން ރިވެޓްމަންޓްޖަހާ ޓީމްގެ ބައެއް މީހުންނާ، ސާމާނުވެސް ގެންނާނެކަމަށެވެ. އޭދަފުށި ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ރިވެޓްމަންޓްގެ ގޮތުގައި ބައެއް ސަރަހައްދުތަކުގައި ޖިއޯބޭގް އަދި ބައެއް ސަރަހައްދުތަކުގައި ހިލަޖެއްސުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

“ޖޫން 12 ގައި ބޯޓް ވަންނާނެކަމަށް ބުނޭ އޭދަފުއްޓަށް. އެއީ ރިވެޓްމަންޓް ޖަހާ މީހުންނާއެކު. އަޅުގަނޑަށް މައުލޫމާތުލިބެނީ ބައެއް ސަރަހައްދުތަކުގައި ހިލަޖައްސާނެކަމަށް އަދި އަނެއްބައި ސަރަހައްދުތަކުގައި ބޮޑެތި ވެލިގޯނީގެ ޖިއޯބޭގް ޖައްސަން ހަމަޖެހިފައިވާކަމަށް”

ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގެ ދެކުނާ ހުޅަނގު އަދި އިރުމަތިން ޖުމްލަ 25.9 ހެކްޓަރު ބިން ހިއްކާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. ބިންހިއްކާ ނިމުނުފަހުން މަހަކަށްވުރެ ގިނަދުވަސްވެފައިވީއިރު، ހިއްކިސަރަހައްދު ކޮންމެވެސްވަރަކަށް ގިރާކަމަށް އަޑުއަރާފައިވެއެވެ. ނަމަވެސް އެއީ ކަންބޮޑުވާކަމެއްނޫންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ބިންހިއްކުމުގެ މަޝްރޫއުގެދަށުން އޭދަފުށިން ހިއްކާފައިވާ ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ހިލައިގެ ތެރެއިން ހަތަރުހާހަށްވުރެ ގިނަ ޓަނުގެ ހިލަ އޭޕްރީލްމަހުވެސް އޭދަފުއްޓަށްވަނީ ގެނެސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top