ރޯދަ ހަދިޔާއެއްގެ ގޮތުން ކުނިފީ މާފުކޮށްދީފި

93258624_1464393237081001_4625338362251706368_n.jpg

ރޯދަ ހަދިޔާއެއްގެ ގޮތުގައި ރައްޔިތުންނަށް މި މަހުގެ ކުނި ބިލް މާފުކޮށް ދޭން ދ. ކުޑަހުވަދޫ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 155 ވަނަ ރަސްމީ އާންމު ޖަލްސާ އިން ވަނީ  ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި އާންމު ގޭބިސީތަކުގެ މި މަހުގެ ކުނިބިލް މާފުކޮށް ދޭން ނިންމާފައިކަމަށް އެކައުންސިލުން ހާމަކުރެއެވެ.

މި މަހުގެ ކުނި ފީ ޖަމާކޮށްފައިވާ ނަމަ އެފަދަ ގޭބިސީތަކުގެ އަންނަ މަހުގެ ކުނީގެ ބިލަށް އެ ފައިސާ ބަދަލުކޮށް ދެވޭނެ ކަމަށްވެސް ކުޑަހުވަދޫ ކައުންސިލުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top