ދެން ސިނގިރޭޓު ބޮވޭނީ ހަމައެކަނި ހުއްދަ އޮންނަ ކެފޭތަކުގައި

th.jpeg

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުއްދަ ދޭ ތަންތަން ފިޔަވައި، ސައި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތި އުފައްދާ ތަންތަނާއި ވިއްކާ ތަންތަން އަދި އެ ނޫން ވެސް ކެއިންބުއިމުގެ ހިދުމަތް ދިނުމަށް އިމާރާތް ކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިމާލުކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދަށް ގެނައި އިސްލާހަށް އިއްޔެ އަމަލުކުރަން ފަށައިފި އެވެ.

ކާބޯތަކެތި އުފައްދަން ބަންދުކޮށްފައި ހުންނަ ތަންތަނާއި ހާމަކޮށް ހުންނަ ތަންތަނާއި އެ ތަންތަނުގެ ދޮރުމަތީގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައި ބުނީ، ދުންފަތުގެ ދުމުން ރައްކާތެރި ތަންތަނުގައި އާންމުންނާއި އެހެން ފަރާތްތަކަށް ނުރައްކަލެއް ނުވާ ގޮތަށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން އިސްތިހާރުނުވާ ގޮތެއްގައި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވާ ފަރާތްތަކަށް ވަކި ގޮތެއްގެ މަތިން ހުއްދަ ދޭނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށް ބަންދުކޮށްފައިވާ ތަނެއް “ސްމޯކިން ރޫމް” ނުވަތަ “ސްމޯކިން އޭރިއާ” އެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީގެ ޒިންމާ ހަވާލުކުރާ ފަރާތެއްގެ ހުއްދަ ލިޔުމަކުން ހޯދައިގެން ކަމަށް ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ތަންތަނުގެ ތެރެއިން ސްމޯކިން ރޫމެއް ހެދި ދާނެ ކަމަށް ބަޔާން ކޮށްފައި ވަނީ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ އިންތިޒާމު ހުންނަ ބަނދަރުތަކާއި މޯލްތަކާއި ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކުގަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި މީހުން ބައިތިއްބާ ތަންތަނާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި މަސައްކަތްކުރާ ތަންތަނުގައި މީހުން ދިރިއުޅެންޖެހޭ ތަންތަނުގަ އެވެެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top