އޭދަފުށި ފެރީ ޓާމިނަލް ހުޅުވައިފި

WhatsApp-Image-2025-02-14-at-20.25.14_999a0c04.jpg

އޭދަފުއްޓަށް ޒިޔާރާތްކުރާ ދަތުރުވެރިންނަށް ޚާއްސަކޮށް އޭދަފުށީ ކައުންސިލުން އިމާރާތް ކުރި އޭދަފުށި ފެރީ ޓާމިނަލް، ”އޭދަފުށި ގިމަތަ“ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ފެރީ ޓާމިނަލް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ދެބުރިއަށް އިމާރާތް ކޮށްފައިވާ މި ޓާމިނަލްގެ ތިރީބައިގައި އޮފީހުގެ އިތުރުން، ދަތުރުވެރިން އައިސް މަޑުކޮށްލާ ސަރަހައްދަކާއި ފިހާރަތައް ހިމެނެއެވެ.

ރަށު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިފެރީ ޓާމިނަލްގައި ދަތުރުވެރިންނަށް ހާއްސަ ދެ ފާޚާނާ އާއި ޅަދަރި މައިންނަށް ބޭނުންވާ ޚިދުމަތްތައްވެސް ލިބެން ހުންނާނެއެވެ.

މީގެއިތުރުން، ޓާމިނަލްގެ މަތީ ބައިގައި ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ރެސްޓޯރަންޓްތަކާއި ކެފޭތައް ހުންނައިރު، މިހާރުވެސް މި ތަންތަނުގެ ބައެއް ސަރަހައްދުތައް ވަނީ ކުއްޔަށް ދޫކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top