ރާއްޖެއަށް ބިންހެލުމެއް އަތުވެއްޖެ

pexels-photo-1268869.jpeg

ރޭ ރާއްޖޭގެ އުތުރަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މިކަން ކަށަވަރު ވެފައިވަނީ ރޭ މެންދަމު ރާއްޖޭގެ އެންމެ އުތުރުގެ ބައެއް ރަށްރަށަށް ލޮޅުމެއްއައިކަމަށް އައި ކަމަށް މީޑިއާގައި ޚަބަރު ފެތުރެމުން ދަނި ކޮށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުުކުރެވޭ ކަމަށެވެ.

“ހަނިމާދޫ ގައި ގާއިމްކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް މިރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރެކޯޑް ކުރެވިފައެވެ.” މެޓް އިން ވިދާޅުވިއެވެ.

އެހެންނަމަވެސް އެމެރިކާގެ “ޖިއޮލޮޖިކަލް ސާވޭ” އިން ބުނީ ބުދަ ދުވަހުގެރޭ ހއ.ދިއްދޫގެ އުތުރުން 77 ކިލޯ މީޓަރު ދުރުން ކަނޑުގެ އަޑިއަށް ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.  ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށާއި ބިންހެލުން އައިސްފައި ވަނީ ރޭ 01:48 ހާއިރުކަމަށް އެސާވޭއިން ބުނެފައިވެ އެވެ.

މިބިންހެލުމުގެ ލޮޅުން ހއ. ދިއްދޫ، ހއ. ބާރަށް، ހއ. އިހަވަންދޫ ހއ. އުތީމު، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫ، ހދ. ނޮޅިވަރަމް، ހދ.ކުރިނބީ، ހދ. ނޭކުރެންދޫ، ހދ. ހަނިމާދޫ އަށް އިހްސާސް ކުރެވުނު ކަމުގެ ރިޕޯޓް ލިބިފައި ވެއެވެ.

މި ބިންހެލުމުގެ ސަބަބުން އެއްވެސް ރަށަކަށް ބޮޑު ގެއްލުމެއް ނުލިބުނު ކަމަށް ވިޔަސް ބައެއް ރަށްތަކުގެ ގެތަކުގެ ފާރުތަކުގައި ރެނދުލުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއަށް ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ނަމަވެސް ރާއްޖޭގެ މެޓް އޮފީހުގެ އޮފިޝަލަކު “ވަގުތު” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިކަމަށް ”ވަގުތު” ނޫހުގައިވަނީ ، އެ ލޮޅުމަކީ ބާރުމިން ބުނެދޭ ވަރަށް ވުރެ ދަށް ލޮޅުމެއް ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top