ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަސް

302551_3_02c1c05129a11646002a61663b94cca26f0fc609_large.jpg

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފި އެވެ.

ހެލްތުމިނިސްޓަރު އަހުމަދުނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ވަނީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.

އެހެންކަމުން މާޗް 12 ގައި އިއުލާން ކުރި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ގަރާރުގައިވެއެވެ.

ސިއްހީ ނުރައްކަލުގެ ހާލަތު އަނެއްކާވެސް ދަންމާލިއިރު، މިހާރު ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ  ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަށްވާން ފެށުމާއެކު ވެކްސިން ޖެހި މީހުންނަށް ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ ގޮތަށް ބޮޑެތި ލުއިތަކެއްވެސް ވަނީ ދޭން ފަށާފައެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަކު އެ ލުއިތަކުގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top