ދަރަވަންދޫ މެޖިސްޓރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓަރެއް ހޯދަނީ

magistrate.jpeg

މެޖިސްޓްރޭޓުންތަކެއް ހުވާ ކުރުމަށް އޮތް ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ސަން

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު ހިމެނޭހެން ރާއްޖޭގެ ހަރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓާއި ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓާއި ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓާއި ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓާއި ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށެވެ. މީގެއިތުރުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަކު ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

އިސް މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިވިން އެލެވަންސެއްގެ ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލެވަންސެއްގެ ގޮތުގައި 600 ރުފިޔާ ލިބޭނެއެވެ. ޖޭއެސްސީ އިން ބުނީ މެޖިސްޓްރޭޓަކަށް 18,850 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ލިބިގެން ދާނެ ކަމަށެވެ. ލިވިން އެލެވަންސެއްގެ ގޮތުގައި 4،000 ރުފިޔާ އަދި ރިސްކް އެލެވަންސެއްގެ ގޮތުގައި 600 ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީގެ އިއުލާނުގައި މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލެވަންސް ލިބިގެން ދާނެ ކަމަށް ބުނެފައިވެއެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޖޭއެސްސީ އަށް ހުށަހަޅަން ޖެހޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top