އުރަމަތީކެންސަރަށް ސްކްރީންކުރުމުގެޕްރޮގްރާމެއް އޭދަފުއްޓާ ތުޅާދޫގައި

6676618.jpg

ބ.އަތޮޅު ހޮސްޕިޓަލާ ގުޅިގެން ކެންސަރސޮސައިޓީ އޮފްމޯލްޑިވްސްގެ ފަރާތުން ބ.އަތޮޅުގައި އުރަމަތީކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާގޮތަށް ހަމަޖެހިއްޖެކަމުގައި ހޮސްޕިޓަލުން ހާމަ ކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިވާ ލިއުމެއްގައިވަނީ މިމަހުގެ 26ން 28 އަށް ބ. އަތޮޅުގައި ކުރިއަށްގެންދާ މި ޕްރްގޮރާމްގައި ސިންގަޕޫރުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ހަރަކާތްތެރިވާނޭކަމުގައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 26ން 27 އަށް އޭދަފުށީގައި އަދި 27ން 28 އަށް ތުޅާދޫގައެވެ.
ކެންސަރަށް ސްކްރީން ކުރައްވަން ބޭނުންވާ އުމުރުން 20އަހަރާ 45 އަހަރާ ދެމެދުގެ މީހުން ބ.އަތޮޅުހޮސްޕިޓަލުގެ 6608309 އާ ގުޅުއްވައިގެން ނަންނޯޓްކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ބޭނުމަކީ މިއީ ފުރާނައަށްނުރައްކާތެރިވާބައްޔަކަށް ވާތީ ބަލިހުރިތޯ ބެލުމާއި ބަލީގެ ކުރީކޮޅުގައި ފަރުވާ ދެވިއްޖެނަމަ ރަނގަޅު ކުރެވޭނެތީއެވެ. ރާއްޖޭގައި މިބަލީ ފެތުތޭ އަދަދު ދުވަހުން އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެއެވެ.

އުރަމަތީގެ ކެންސަރުޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އުމުރުން ދޮށިވުމާ އާއިލީވާރުތަވުން ހިމެނެއެވެ. އަދި އުމުރުން 11އަހަރަށްވުރެ ކުރިން މައްސަރުކަންތައްޖެހެންފެށުމާ 55 އަހަރުވުމަށް ފަހު އިއްދައިން ކެނޑުމަކީ ވެސް އުރަމަތީގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top