ދަރަވަންދޫން ހައްޔަރުކުރީ ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި މީހެއް

file_w5wh7m.jpg

ފާތިހު: މިއީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ހައްޔަރު ކުރި ހަތަރު ވަނަ މީހާ --

ރޭ ބ. ދަރަވަންދޫން ފުލުހުން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ސައިކަލެއް ގޮއްވާލި މައްސަލައާ ގުޅުން ހުރި މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދަރަވަންދޫން ހައްޔަރުކޮށްފައި ވަނީ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބައިވެރިއެއް ކަމަށް ފުލުހުން ބުނެއެވެ.

ދަރަވަންދޫން ފާތިހު ހައްޔަރުކޮށް ވަގުތުން އޭނާ ގެނެސްފައި ވަނީ އޭދަފުއްޓަށެވެ. އޭދަފުށިން އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އޭނާ ދަރަވަންދޫއަށް ދިޔައީ މީހަކާ ކައިވެނިކުރަން މި މަހުގެ 10 ވަނަ ދުވަހު ކަމަށްވެ އެވެ. އެހެންކަމުން އޭނާ ހައްޔަރު ކުރީ ކަރަންޓީނުގައި ހުއްޓަ އެވެ.

ބާރުގަދަ އައީޑީ އެއް ސައިކަލެއްގެ ތެރެއަށް ލައި ގޮއްވާލީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށެވެ.

ފާތިހަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހު ބޮމެއް ގޮއްވާލައި ދިން ހަމަލާގައި ހައްޔަރު ކުރި ހަތަރުވަނަ މީހާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top